އިޒްރޭލުގެ ޓެރަރިސްޓް ސިފައިންގެ ސްނައިޕަރަކު ބަޑިން ހަމަލާދީ ފަލަސްތީނުގެ ރަފަހުގައި ފަލަސްތީނުގެ ދެމައިން ޝަހީދު ކޮށްލައިފިއެވެ.

ޝަހީދު ކޮށްލާފައިވާ ދެމައިންގެ ވީޑިއޯ ސޯޝިއަލް މީޑިޔާގައި ދައުރަމުން އަންނައިރު، މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ޔަހޫދީ ސްނައިޕަރުގެ ހަމަލާގެ ފަލަސްތީނު އާންމުންގެ 22 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.

ފަލަސްތީނުގެ ރަފަހަށް ޔަހޫދީ ސިފައިން ޢުދުވާނީ ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު މިއަދު އެކަނިވެސް 67 މީހުން ރަފަހުން ޝަހީދުވެފައިވާ ކަމަށް ރޮއިޓަސްއިން މައުލޫމާތު ދެއެވެ.

ރަފަހަކީ ޣައްޒާ އާއި މިސްރު ގުޅުވައިދޭ ބޯޑަރު ކައިރީގައި އޮންނަ އަވަށެކެވެ. އިޒްރޭލުން ދަނީ ރަފަހަށް ވައިގެ މަގުން ހަމަލާދީ އެއްގަމު މަގުން ވަދެ ގަތުމަށް ތައްޔާރު ވަމުންނެވެ. އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާއިރު، މިސްރު ބޯޑަރު މެދުވެރިކޮށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެ އެއްވެސް ގޮތެއް ނެތެވެ.