ދަތެއްގައި ރިއްސައިގަތީމަ އެންމެ އަވަހަށް ރަނގަޅުވާނީ ކަރަންފުލެއް ރަނގަޅަށް ހަފާލީމާ ކަމަށް ބުނެއެވެ. އެރިހޭ ދަތުގައި ޖެހޭ ގޮތަށް ކަރަންފޫ ފިސްކޮށްފައި ބޭހެއްގޮތަށް ދަތުގެ މަތީގައި އެޅުމަށް ކިޔައިދެއެވެ. ކަރަންފޫކޮޅެއް ޗަސްކޮށްފައި ތެޔޮފޮދަކަށް އެއްކޮށް، އެތެޔޮފޮދު ހޫނުކުރުމަށްފަހު، ކަފަކޮޅެއްގެ އެހީގައި އެރިހޭ ދަތުގައި ކަރަންފޫތެޔޮ ޖެހުމަށް ނަސޭހަތްތެރިވެއެވެ.
މޭނުބައިކޮށް ހޮނޑުލަވާ ކަހަލަ ކަމެއްވިޔަސް އެންމެ އަވަސް ފަރުވާއަކީ ކަރަންފޫކޮޅެއް ކެއުމެވެ. މާބޮޑަށް ރޯގާ ޖެހި ކަރުގައި ރިއްސާނަމަ ކަރަންފޫ ތެޔޮ ފޮދެއްގެ އެހީ ހޯދުން ބުއްދިވެރިއެވެ. ނޭފަތް ބެދި ނޭވާލާން އުނދަގޫނަމަވެސް ކަރަންފޫތެޔޮ އެހީތެރިވެދޭނެއެވެ. އަދި ކީއްހެއްޔެވެ. ހިންޏާއި މަދިރިންވެސް ސަލާމަތްކޮށްދޭނެ ކަރަންފޫ ހަމަ އެއްވަނައެވެ.
ހައިރާންވާކަހަލަ ވާހަކައަކަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން އެނގިގެން ކަމެއް ނުވަތަ އެހެން ކޮންމެވެސް ގޮތަކުން އެނގިފައިވާތީ ކަމެއް ނޭނގެއެވެ. މާމަމެން ކަރަންފޫ ބޭނުންކުރަނީ ހަމައެކަނި ބަނޑުބޭހުގެ ގޮތުގައި ނަމަ މާބޮޑަކަށް ވިސްނާކަށް ނުޖެހުނީސްކަންނޭނގެއެވެ.
އެކަމަކު ގޭގައި މޮޅު ކެއްކުމެއް ކައްކާނަމަ ކަރަންފޫ އެކައްކާ އެއްޗަކަށް އަޅަން ކޮންމެވެސް ހިސާބެއްގައި ބޭނުން ކުރެއެވެ. ބައްޔެއް ވެއްޖެނަމަ ފަރުވާއަކަށް ގެންގުޅެއެވެ. ބިލެތްގަނޑުގެ ރަހަ ރަނގަޅުކޮށްލުމަށް ކަރަންފޫ މުހިންމެވެ. އަދި މަދިރިއާއި ހިނީގެ އުނދަގުލުން ސަލާމަތްވުމަށްވެސް ކަރަންފޫ އެބަ ބޭނުން ކުރެއެވެ. އެހެންކަމުން މީ ކިހިނެއް ވާ ކޮންކަހަލަ ކަމެއްތޯއާއި މީގެ ހަގީގަތާއި ސައިންސްގެ އަލީގައި މީގެ ތެދާއި ދޮގު ބަލާނުލާ ހިތްހަމަ ނުޖެހޭނެތާއެވެ.
ކްލޯވް އެކްސްޓްރެކްޓްސްގައި ހިމެނޭ ހެޕަޓޯޕްރޮޓެކްޓިވް ޕްރޮޕަޓީސް އާއި އެންޓިއޮކްސިޑެންޓްސް އަކީ ފްރީ ރެޑިކަލްސް އިން ގުނަވަންތައް ރައްކާތެރި ކުރުމަށް އެހީތެރިވެދޭ މާއްދާތަކެކެވެ. އެއީ މެޓަބޮލިޒަމް އިތުރުކުރުމަށް އެހީތެރިވެދޭ އަދި ފުރަމޭގައި އެންޓިއޮކްސިޑެންޓް އުފެއްދުން މަދުކޮށްދޭ އެއްޗެކެވެ. ކްލޯވްސްގެ މި ފައިދާގެ ފައިދާ ނަގަން ކެއުމުގައި މުޅި ކްލޯވް ނުވަތަ ގްރައުންޑް ޕައުޑަރ ބޭނުން ކުރެވިދާނެއެވެ.
ކަރަންފުލުގައި ހިމެނޭކަމަށް ސައިންސްގެ އަލީގައި ދިރާސާކޮށް ހޯދާފައިވާ ބައެއްކަންތައްތައް:
- މުހިއްމު ނިއުޓްރިއެންޓްސް އެކުލެވިގެންވެއެވެ.
- އެންޓިއޮކްސިޑެންޓްސް ގިނައިން ހުރެއެވެ.
- ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވެދެއެއެވެ.
- ބެކްޓީރިއާ މަރާލައެވެ.
- ފުރަމޭގެ ސިއްހަތު ރަނގަޅުވެއެވެ.
- ލޭގެ ހަކުރު ރެގިއުލޭޓް ކުރުމަށް އެހީތެރިވެދެއެއެވެ.
- ކަށީގެ ސިއްހަތު ކުރިއަރުވައި ދުޅަހެޔޮކޮށްދެއެވެ.
- ބަނޑުގައި ރިއްސުން ކުޑަކުރެވޭނެއެވެ.
ކަރަންފުލަކީ މެންގަނީޒްގެ މޮޅު މަސްދަރެކެވެ. އަދި ވިޓަމިން ކޭ އާއި ޑައިޓޭރިއަން ފައިބަރުގެ ވަރަށް ރަނގަޅު މަސްދަރެކެވެ. އަދި ދަގަނޑާއި މެގްނީޒިއަމް އަދި ކެލްސިއަމްގެ ރަނގަޅު މަސްދަރެކެވެ.
އެތައް އަހަރަކުއްސުރެ ހަމައެކަނި ކުޅިކޮށްލުމަށް ބޭނުންކޮށްލެވޭ ރަހައިގެ ބަދަލުގައި އެކި ބަލިތަކަށް ބޭހެއްގެ ގޮތުގަވެސް ކަރަންފޫ ދަނީ ބޭނުންކުރެވެމުންނެވެ.ކަރަންފުލުގައި ދަގަނޑު، ސޯޑިއަމް، ކެލްސިއަމް، މެގްނީޒިއަމް، ފޮސްފަރަސް އަދި ޕޮޓޭސިއަމް ފަދަ ބައެއް މައުދަންތައް ހިމެނެއެވެ. އަދި ވިޓަމިން ސީ، ކޭ، އަދި އޭ އާއި އެކު ގިނަ އަދަދަކަށް މެންގަނީޒްގެ އިތުރުން ޑައިޓޭރިއަން ފައިބަރު ވެސް އެކުލެވިގެން ވެއެވެ.
(މައުލޫމާތު ޑެއިލީލައިފް/ހެލްތުޓިޕްސް/ކްލޯވްފޯރޕެއިން)