ސްވިޑެންއިން ޔޫކްރެއިނަށް 682 މިލިޔަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.
ސްވިޑެންގެ ޑިފެންސް މިނިސްޓްރީން ވިދާޅުވީ ޔޫކްރޭނަށް ހަތިޔާރު ހޯދުމަށް ސާމާނާއި ތާޒާ ފައިސާ ބަދަލުކުރުމުގެ އިތުރުން ގާތްގަނޑަކަށް 7.1 ބިލިއަން ސްވިޑެން ކްރައުން (682 މިލިއަން ޑޮލަރު) ގެ އަސްކަރީ އެހީ ޔޫކްރޭނަށް ހަދިޔާކުރާނެ ކަމަށެވެ. މިއީ ސްވިޑެން އިން ޔޫކްރޭނަށް މިފަދަ ބޮޑުއެހީއެއް ދޭ ފަނަރަވަނަ ފަހަރެވެ. މީގެ އިތުރުން މިއީ މިހާތަނަށް އެގައުމުން ޔޫކްރެއިނަށް ދިން އެންމެ ބޮޑުއެހީއެވެ. 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރޭނާއި ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން ލިބުނު ޖުމްލަ އެހީ ގާތްގަނޑަކަށް 30 ބިލިއަން ކްރައުން (2.8 މިލިޔަން ޑޮލަރު) އަށް އަރާފައިވެ އެވެ.
ސްވީޑެންގެ ޑިފެންސް މިނިސްޓަރު ޕަލް ޖޮންސަން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެގައުމުން ޔޫކްރެއިނަަށް އެހީ ބޭނުންވާހާ ހިނދަކު އެހީ ފޯރުކޮށްދޭނެ ކަމަށެއެވެ. މި ޕެކޭޖުގައި ގާތްގަނޑަކަށް 2 ބިލިއަން ކްރައުންގެ އާޓިލަރީ ވަޒަންގެ އިތުރުން އެންޓި އެއާކްރާފްޓް އާޓިލަރީ އާއި ރިކޮއިލްލެސް ރައިފަލްސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މެރިޓައިމް އެސޯލްޓް ވެސެލްތަކާއި އެހެނިހެން އުޅަނދުތަކާއި، މައިން އާއި ސަބްސީ ޑްރޯން ފަދަ ކަނޑުއަޑީގެ ހަތިޔާރު ވެސް ހިމެނެއެވެ.