އިޒްރާއީލުގެ ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގައި އެތަށް ބަޔަކު ޝަހީދު ވެއްޖެ ކަމަށް ފަލަސްތީނުގެ ވާފާ ނިއުސް އެޖެންސީން ބުނެފި އެވެ.

ޚާއްޞަކޮށް ޣައްޒާގެ ދެކުނުގެ ރަފާހުގެ އިރުމަތީގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އިޒްރާއީލުގެ އަސްކަރިއްޔާއިން އަމާޒުކޮށް ކުޑަކުދިން ހިމެނޭ ގޮތަށް އަށް މީހަކު ޝަހީދުވެއްޖެއެވެ. އިތުރު އެތައް ބަޔަކަށް ޒަޚަމްތަކެއް ލިބުނެވެ. މީގެ އިތުރުން ޚާން ޔޫނިސް ކައިރީގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުންނަށް އިސްރާއީލުން ދިން ހަމަލާއެއްގައި އިތުރު ހަ މީހެއްގެ ފުރާނަ ގެއްލިއްޖެ އެވެ.

ވަފާ ނޫސް އެޖެންސީން ބުނާ ގޮތުގައި ޣައްޒާ ސިޓީގެ އިރުދެކުނުގައި އިސްރާއީލުން ދިރިއުޅޭ އިމާރާތްތަކަށް އިސްރާއީލުން ބޮން ގޮއްވާލުމުގައި ދިހަވަރަކަށް މީހުން މަރުވެއްޖެ އެވެ.

'އޮކްޓޯބަރު 7، 2023 އިން ފެށިގެން މިއަދާ ހަމައަށް ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 29،190 އަށްވުރެގިނަ މީހުން ވަނީ ޝަހީދުވެފައެވެ. ހަމަ މި މުއްދަތުގައި ފަލަސްތީނުގެ 69،170 އަށުވުރެގިނަ މީހުން ޒަހަމްވެފައިވާ ކަމަށްވެއެވެ.