ހެއާ ސީރަމްއަކީ އިސްތަށިގަނޑު ބެލެހެއްޓުމުގެ ރޫޓިންއަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެއީ ގްލޮސީ، ޓެމްޑް އަދި ދުޅަހެޔޮ އިސްތަށިގަނޑެއް ހާސިލްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ހެއާ ސީރަމް ބޭނުންކުރާނެ ގޮތް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހަމަ އެއާއި އެކުގައި ހެއާ ސީރަމް ތަކުގެ ވައްތަރު ތަށް ވެސް އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. އެންމެ ފުރަތަމަ މި ބަލާލަނީ ހެއާ ސިރަމް އަކީ ކޮބައިތޯއެވެ.

ހެއާ ސީރަމް އަކީ އިސްތަށިގަނޑަށް ހާއްސަ ޕޯޝަންއެއް ފަދަ އެއްޗެކެވެ. އެއީ އިސްތަށިގަނޑު ރީތި ކޮށް ބެހެއްޓުމަށް ޓަކައި އިސްތަށިގަނޑުގައި ހާކާ ލިކުއިޑް ނުވަތަ ޖެލް އެކެވެ. މި ސީރަމްތަކަކީ އާންމުކޮށް އަވަސް ނަތީޖާއެއް ލިބޭ ހިކި، ފްރިޒް، ޕްރޮޓެކްޝަން ފަދަ މައްސަލަތަކަށް އަމާޒުކޮށްގެން އުފައްދާ ސީރަމްތަކެކެވެ.

ނަމަވެސް އިސްތަށިގަނޑަށް ނިއުޓްރިއެންޓްސް ފޯރުކޮށްދޭ ސީރަމްތައް ވެސް ހުންނައިރު އިސްތަށިފޭބުން، ތުނިވުން، ފަޅައިގެން ދިއުން ފަދަ ކަންކަމުން ސަލާމަތް ވެއެވެ. އެހެން ކަމުން ސަމާލުކަން ދޭންވީ ކަމަކީ އެމީހެއްގެ އިސްތަށިގަނޑާއި އެންމެ ގުޅޭ ސީރަމް އިޚްތިޔާރުކުރުމެވެ.

ހެއާ ސީރަމް ގެ ތަފާތު ވައްތަރުތަށް ހުރެއެވެ. އަދި ތަފާތު ބްރޭންޑްތަށް ވެސް ހުރެއެވެ. އެހެން ކަމުން ހެއާ ސިރާމްއެއް ބޭން ކުރާއިރުގައި ބަލަންޖެހޭ ކަންތަށް ތަކެއްވެސް ހުރެއެވެ. މިހާހިސާބުން ބަލައިލާނީ ހެއާ ސީރަމް ބޭނުންކުރުމުން ލިބޭ މުހިންމު ފައިދާތަކަށެވެ.

ފްރިޒް ކޮންޓްރޯލް: ހެއާ ސީރަމްގެ ސަބަބުން ފްރިޒް ދަށްކޮށް، އިސްތަށިގަނޑު ގެ ހަރުކަން ހިފަހައްޓައި، އިސްތަށިގަނޑު ލުއިކޮށް، މެނޭޖް ކުރެވޭނެ ގޮތް ހަދައިދެ އެވެ.

ޝައިން އެންހޭންސްމަންޓް: ސީރަމްގެ ސަބަބުން އެ އިސްތަށިގަނޑު އިތުރަށް އޮމާންވެ އުޖާލާ ކޮށްދެއެވެ.

ހީޓް ޕްރޮޓެކްޝަން: ގިނަ ހެއާ ސީރަމްތަކުގައި ހީޓް ޕްރޮޓެކްޓެންޓް ޕްރޮޕަޓީސް އެކުލެވިގެންވާ އިރު، މިއީ ބޮލަށް ފާޑުފާޑުގެ ސްޓައިލްތަށް ހެދުމަށް ބޭނުން ކުރާ ކަރަންޓުގެ އާލާތްތަކުގެ ސަބަބުން އިސްތަށިގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދޭ އެއްޗެކެވެ.

ޔޫވީ ޕްރޮޓެކްޝަން: ބައެއް ސީރަމްތަކުން ޔޫވީ ރޭތަކުން ރައްކާތެރިކަން ފޯރުކޮށްދީ، އިރުގެ އަލިން ލިބޭ ގެއްލުމާއި ބޮލުގައި ޖައްސާ ކުލަ ފިލައިގެން ދިއުން ހުއްޓުވުމަށް އެހީތެރިވެދެ އެވެ.

ހެއާ ސީރަމް ގަވާއިދުން ބޭނުންކުރުމުން އިސްތަށިގަނޑުގެ ސިއްހަތަށް ދިގު މުއްދަތަކަށް ފަރުވާއަކަށް ވެގެންދެއެވެ. ތެރޭގައި މޮއިސްޗާ ހިފެހެއްޓުން އިތުރުވެ އިސްތަށިގަނޑަށް ލިބޭ ގެއްލުން ކުޑަވުން ހިމެނެ އެވެ.