ހޯމަ ދުވަހު ބްލޫމްބާގް ބިލިއަނަރސް އިންޑެކްސް އިން ދައްކާ ގޮތުގައި ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ ލަގަބު ޖެފް ބެޒޯސް އަލުން ހޯދައިފި އެވެ.

ފާއިތުވި އަހަރު މާސްކް އަށް ގާތްގަނޑަކަށް 31 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާއިރު، ބެޒޯސް އަށް 23 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އިންޑެކްސް އިން ދައްކަ އެވެ.

ޓެސްލާގެ ހިއްސާ ހޯމަ ދުވަހު %7 އަށް ވުރެ ދަށަށް ގޮސްފައިވެ އެވެ.

މަސްކް ވަނީ 2023 ވަނަ އަހަރުގެ މެއި މަހު ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު އަނބުރާ ހޯދާފަ އެވެ , ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންގްލޯމެރޭޓް ހިންގާ އަދި ލޫއީ ވިޓަން، ޑިއޯ އަދި ސެލީން ފަދަ ބްރޭންޑްތައް ހިމެނޭ އެލްވީއެމްއެޗް (އެލްވީއެމްއެޗްއެފް) ގެ ސީއީއޯ ބާނާޑް އާނަލްޓް އަށް ވުރެ ކުރި ހޯދައިގެންނެވެ.