ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑުު ހަނޑޫ ސަޕްލަޔަރ، ވިއެޓްނާމްއިން މި އަހަރު ހަނޑޫ އެކްސްޕޯޓު ކުރާ މިންވަރު މަދު ކުރަން ނިންމައިފިއެވެ.

ވިއެޓްނާމްއިން މިދިޔަ އަހަރު ވަނީ 8.1 މިލިޔަން ޓަނުގެ ހަނޑޫ އެކްސްޕޯޓު ކޮށްފައެވެ. ނަމަވެސް މި އަހަރު ވިއެޓްނާމް އިން ވަނީ މި އަދަދު ކުޑަ ކުރުމަށް ނިންމާފައެވެ. އެގޮތުން މި އަހަރު ހަނޑޫ އެކްސްޕޯޓު ކުރާނީ ގާތްގަޑަކަށް 6.5 މިލިޔަން ޓަނާއި 7 މިލިޔަން ޓަނާއި ދެމެދުގެ އަދަދަކަށެވެ. ވިއެޓްނާމްގެ ފުޑް އެސޯސިއޭޝަން އިން ބުނާ ގޮތުގައި މި އަހަރު އެގައުމުން ހަނޑޫ އެކްސްޕޯޓު ކުރާ މިންވަރު ކުޑަކޮށް ހަނޑުލުގެ ފެންވަރު މަތި ކުރުމަށް އަމާޒު ކަނޑައަޅާފައިވެއެވެ. އަދި ހަނޑުލުގެ އަގުވެސް ބޮޑު ކުރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ވިއެޓްނާމުން މިދިޔަ އަހަރު ބުނެފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އަހަރީ ރައިސް އެކްސްޕޯޓް 4 މިލިއަން ޓަނަށް ކުޑަކުރާނެ ކަމަށެވެ. އަދި ހަނޑޫ އެކްސްޕޯޓްކުރާ މާކެޓްތައް ފުޅާކޮސް، ގަސްގަހާގެހި ހިމާޔަތްކުރާ އުފެއްދުންތަކުގެ ބާވަތްތައް މަދުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެގައުމުން ބުނެފައިވެ އެވެ.