އިންތިހާބުގައި މުހިއްމުވާނީ މީހާގެ އުމުރެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ފާހަގަކުރެއްވި ގޮތުގައި ބައެއް މީހުން އޭނާގެ އުމުރަކީ ސްޓޭޓްގެ މަތީ އޮފީހަށް މާ މުސްކުޅި އުމުރެއް ކަމަށް ދެކެއެވެ. އޭނަާ ވިދާޅުވީ އޭނާ އަކީ އުމުރުން އެންމެ ހަގު މީހާ ކަމުގައި ނުވިނަމަވެސް، އެ އުމުރަށް ދިޔުމުން އޭނާއަށް ފާހަގަވާ ކަންކަން ހުންނާނެ ކަމަށެވެ. އޭނާާގެ އުމުރުގެ ސަބަބުން އޭނާއަށް ބއެއް ކަންކަން މާ ސާފު ކޮށް ފެންނަ ކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ މުހިއްމުވާނީ މީހާގެ އުމުރު ނޫން ކަމަށާއި އެމީހާގެ ހިޔާލު ކަމަށެވެ. މުސްކުޅި ޒަމާނުގެ ހިޔާލާއި އެކު އެމެރިކާ ކުރިއެއް ނާރާނެ ކަމަށެވެ.

މީގެއިތުރުން ބައިޑެން ވިދާޅުވީ އެމެރިކާއަކީ ވަރުގަދަ ގައުމަކަށް ހެދުމައްޓަކައި ނަފްރަތާއި ރުޅިވެރިކަން ފަދަ ސިފަތަކަށް ދޯކޮށްލަން ޖެހޭ ކަމަށެވެ. ބައިޑެން އުމުރުން މިހާރު 81 އަހަރެވެ.