މައިކް ޓައިސަން އާއި ޖޭކްޕޯލް ބޮކްސް ކުރަން ނިންމައިފިއެވެ.

ކުރީގެ މަޝްހޫރު ބޮކްސާއެއް ކަމަށްވާ މައިކް ޓައިސަން އާއި ޔޫޓިއުބްގެ ސުޕާސްޓާރ ޖޭކްޕޯލް ބޮކްސިންގް މެޗް އިއުލާން ކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެެވެ. އެދެމީހުންގެ މެޗް އޮންނާ ޖުލައި މަހުގެ ވިހިވަނނަ ދުވަހު އޭޓީއެންޓީ ސްޓޭޑިއަމްގައެވެ. މިގޮތުން ޖޭކް ޕޯލް އަކީ އެންމެ 27 އަހަރުގެ ޒުވާނެއް ކަމުގައި ވިޔަސް މައިކް އަކީ މިހާރު މުސްކުޅި ފުރަޔާ ގާތްވެފައިވާ ބޭފުޅެކެވެ. މައިކްގެ އުމުރުން މިހާރު 57 އަހަރުވާނެއެވެ.

މައިކް އުމުރުން ދޮށީ މީހެއް ކަމުގައިވިޔަސް ގިނަ ބަޔަކު ބުނަމުން ދަނީ މި މެޗުގައި ކާމިޔާބީ ހާސިލް ކުރާނީ މައިކް ކަމަށެވެ. މިގޮތުން މައިކްއާއި ސުވާލު ކުރުމުން މައިކް ވިދަޅުވީ އޭނާ ފަސޭހަ ކަމާއި އެކު ޖޭކް ޕޯލް ބަލިކުރާނެ ކަމަށެވެ.

ޖޭކް އަކީ ޔޫޓިއުބްއަށް މަޝްހޫރު މީހެއް ކަމުގައި ވިޔަސް މިހާރު އޭނާގެ ކެރިއާ ބިނާ ކުރަމުން ދަނީ ބޮކްސިންނަށެވެ. ޖޭކް މިހާތަނަށް ދިހަ ބޮކްސިން މެޗުގައި ތަޅާފައިވެއެވެ. އަދި އޭނާ ވަނީ "ކޮމްބެޓް ސްޕޯޓްސް" ގައި ނަން މަޝްހޫރު އެތަށް ބައެއް ބަލި ކޮށްފައެވެ. މީގެތެރެއިން ނޭޓް ޑީއޭޒް، އެންޑާސަން ސިލްޥާ އަދި ޓައިރޮން ވޫޑްލީ ހިމެނެއެވެ. ޖޭކް ޕޯލް ހަމައެކަނި ބަލިވެފައިވަނީ ޓައިސަން ފިއުރީ އަށެވެ.