ހަމާސް ޖަމާއަތުން ހުށަހެޅި އެއްބަސްވުމަށް އިޒްރޭލުގެ ހައްދުފަހަނައެޅި ޤާތިލް ބޮޑުވަޒީރު ނަތަންޔާހޫ ދެކޮޅު ހެދުމުން، އެކަމާ ހިތްހަމަ ނުޖެހިގެން އެތައް ހާސް ޔަހޫދީން އިޒްރޭލުުގެ ޑިފެންސް މިނިސްޓްރީ ދޮށަށް އެއްވެ ވަރުގަދަ މުޒާހަރާއެއް ކުރަން ފަށައިފިއެވެ.

https://fb.watch/qRNUnBiKkV/?mibextid=UyTHkb

ތެލް އަވީވުގައި ހުންނަ އިޒްރޭލުގެ ޑިފެންސް މިނިސްޓްރީ ދޮށަށް ދެވެން އޮންނަ މައިމަގު މުޒާހަރާގެ ބައިވެރިން ބަންދު ކޮށްފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ޑިމާންޑަކީ ހަމާސް ޖަމާއަތުން ހުށަހަޅާފައިވާ ގޮތަށް އަސީރުން ބަދަލު ކުރުމަށް ގާތިލް ބޮޑުވަޒީރު ނަތަންޔާހޫ އެއްބަސްވުމެވެ.

އަލްޖަޒީރާއިން މުޒާހަރާގެ މަންޒަރުތައް ތެލްއަވީވުން ވަގުތުން ގެނެސްދެމުން އަންނައިރު މުޒާހާރާގެ ބައިވެރިން ގޮވަމުން ދަނީ އަސީރުން ބަދަލު ކުރުމަށް ނަތަންޔާހޫ އެއްބަސްވުމަށާއި އަދި އިޒްރޭލުގައި އަވަސް އިންތިހާބެއް ބޭއްވުމަށެވެ. އަދި އެމީހުން ތިބީ މައިދާން ދޫކޮށް ދާގޮތަށް ނޫން ކަމަށާއި ޑިފެންސް މިނިސްޓްރީގައި ހުޅުޖަން ޖެހުނަސް އެކަން ކުރާނެ ކަމަށްވެސް ދަނީ ގޮވަމުންނެވެ.

ޒަޔަނިސްޓް އިޒްރޭލުގައި މިވަގުތު އިންތިހާބު ކޮށްފައިވާ ސަރުކާރެއް ނެތެވެ. ނަތަންޔާހޫ ގެންދަނީ "ވޯ ކެބްނެޓް" ގެ ނަމުގައި ސަރުކާރު ހިންގައި ދުވަސްތައް ބޭކާރު ކުރަމުން ކަމަށް ޒަޔަނިސްޓް ޔަހޫދީން ގަބޫލް ކުރެއެވެ. އަލްޖަޒީރާއިން މިރޭ ރިޕޯޓް ކޮށްފައިވާ ގޮތުގައި ނަތަންހާޔޫ އުފައްދާފައިވާ "ވޯ ކެބިނެޓް" ތެރޭގައި ހިޔާލު ތަފާތުވުން އުފެދި، ޑިފެންސް މިނިސްޓަރ ގައްލާންތު ވަނީ ނަތަންޔާހޫ ނުހިމަނައި ވޯ ކެބިނެޓުގައި ހިމެނޭ ވަޒީރުންނާއެކު ވަކި މީީޓިންގއެއް މިރޭ ބާއްވާފައެވެ.