ލިޔުނީ: އަޒްހީން

ދުބާއީގެ ސިއްހީ ނިޒާމުން ދާދި ފަހުން ވަނީ 100 ވަނަ ކާމިޔާބު ކިޑްނީ ޓްރާންސްޕްލާންޓް ހަދާ އެދާއިރާއަަށް ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ފުރާނަ ސަލާމަތްކުރާ މި ސާޖަރީތަކުގެ ތެރެއިން 40 އިންސައްތަ އޮޕަރޭޝަން ކޮށްފައިވަނީ އަލްޖަލީލާ ޗިލްޑްރަންސް ހޮސްޕިޓަލުގައެވެ.

ދުބާއީ ހެލްތުގެ ކޮންސަލްޓަންޓް ޓްރާންސްޕްލާންޓް ސާޖަން ޑޮކްޓަރ ވަލްޑޯ ކޮންސެޕްސިއޯން ވަނީ މިއީ ސާޖަރީތަކާމެދު ހިތްހަމަ ޖެހުން ފާޅު ކޮށްފައެވެ. މީގެ ކުރިން އިންޓަނޭޝަނަލް ޓްރާންސްޕްލާންޓް ސެންޓަރުތަކުން ރިޖެކްޓްކުރި ޒުވާން ފިރިހެން ކުއްޖަކަށް ކާމިޔާބު ޓްރާންސްޕްލާންޓެއް ލިބުނީ އުމުރުން އެންމެ 5 އަހަރުގައެވެ. މި ސާޖަރީއާއި އެއްބަނޑު އެއްބަފާ އެތައް ކުދިންގެ ސާޖަރީއިން ދޭހަކޮދެނީ ކުޑކުދިންނަށް ދޭންވާ ސްޕެސެލައިޒްޑް ޕީޑިއެޓްރިކް ކެއާ ގެ މުހިންމުކަން ކަމަށް އޭނާ ކަބޫލުކުރެއެވެ.

ކޮންސެޕްސިއޯން ވަނީ ޔޫއޭއީގެ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހަށް ތައުރީފު ކުރައްވައި، އޭގެ ސަބަބުން އެ ގައުމުގެ ގުނަވަންތައް ހަދިޔާކުރުމާއި ޓްރާންސްޕްލާންޓް ކުރުމުގެ ޕްރޮގްރާމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބުނެފައެވެ. މި ބަދަލުތަކުގެ ސަބަބުން ހިލޭ ސާބަހަށް ހަދިޔާ ކުރުމުގެ ފުރުސަތު ފަހިވެ، ހާލުގައި ޖެހިފައިވާ ބަލި މީހުންގެ އިންތިޒާރުގެ ވަގުތު ކުޑަވެގެންދާނެއެވެ. މީގެ އިތުރުން، ޓްރާންސްޕްލާންޓް ޕްރޮސީޖާތަކަށް ލާޒިމްކޮށްފައިވާ އިންޝުއަރެންސް ކަވަރޭޖަކީ ދުބާއީ ސިއްހީ ދާއިރާގެ ޕޭޝަންޓް ސެންޓްރަލް އެޕްރޯޗާއާ އެއްގޮތްވާ ކަވަރޭޖެކެވެ.