ހުޅަނގުގެ ދައުލަތްތަކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ޔޫކްރޭނަށް ފޯރުކޮށްދޭ މާލީ އެހީއިން އުޅެވޭނީ ހަ މަސް ދުވަހު ކަމަށް ޔޫކްރޭންގެ ބޮޑުވަޒީރު ޑެނިސް ޝްމިގަލް ބްލޫމްބާގަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.

މި އިްޓަވިއުގައި ޑެނިސް ވިދާޅުވީ މާލީ ގޮތުން ޔޫކްރެއިަށް އައިއެމްއެފް ޕްރޮގްރާމް އިް އެހީ ލިބޭނެކަމަށެވެ. އަދި އައިއެމްއެފް ރޮގްރާމާއި ޔޫރަޕިއަން ޔޫނިއަން އަދި ޖީ7 ގައުމުތަކުންވެސް ޔޫކްރެއިނަށް މާލީގޮތުން ބޮޑެތި އެހީތަކެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގްއިތުރުން ވެސް ނޯވޭ، ނެދަލެންޑްސް، ޖަޕާން ފަދަ ގައުމުތަކުް ޔޫކްރެއިނަށް ބޮޑެތި އެހީ ތަކެއް ހަތަރު އަހަރުގެ ތެރޭގައި ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑެނިސް ވިދާޅުވީ މިގައުމުތަކުން ލިބުު އެހީގައި 6 މަސް ދުވަސް ހިފަހައްޓާލެވެނެ ކަމަށެވެ. އަދި އަހަރުގެ ބާކީ އޮތް ހަ މަސް ދުވަހު ހިފަހައްޓާލުމަށްޓަކައި އެމެރިކާގެ އެހީ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.