ލިޔުނީ: އަޒްހީން
އިންޑިއާގެ އަސްކަރިއްޔާއިން ޗައިނާ ބޯޑަރު ސަރަހައްދުގައި އެންޓި ޑްރޯން ސިސްޓަމްތަކާއެކު ޑިފެންސް ވަރުގަދަކޮށްފިއެވެ.
ޗައިނާއާއެކު އޮންނަ އުތުރުގެ ސަރަޙައްދުގައި އެޤައުމުގެ ދިފާޢީ ބާރުތައް ހަރުދަނާކުރުމުގެ ގޮތުން އިންޑިޔާގެ އަސްކަރިއްޔާއިން ވަނީ ޒަމާނީ ފެންވަރުގެ ހަތް އިންޓިގްރޭޓެޑް ޑްރޯން ޑިޓެކްޝަން އެންޑް އިންޓަރޑިޓެކްޝަން ސިސްޓަމްސް (އައިޑީޑީ އަދި އައިއެސް) ބަހައްޓާފައެވެ. ޑީއާރްޑީއޯ އާއި ބާރަތު އިލެކްޓްރޯނިކްސް ގުޅިގެން އުފައްދާފައިވާ މި ސިސްޓަމްތަކަކީ ސިގްނަލް ޖޭމްކޮށްގެން "ސޮފްޓް ކިލްސް" އަދި ލޭޒާތައް މެދުވެރިކޮށް "ހާޑް ކިލްސް" ގެ ޑަބަލް ކެޕޭސިޓީ އެއް ފޯރުކޮށްދޭ ސިސްޓަމްތަކެކެވެ. މިސިސްޓަމްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޑިޕްލޮއިމަންޓްގައި ބައިވެރިވި އޮފިސަރަކު ވަނީ "ސޮފްޓް އެންޑް ހާޑް ކިލް" މެތަޑްތައް މެދުވެރިކޮށް ލޯ ރާޑަރ ކްރޮސް ސެކްޝަން ޑްރޯން ނުވަތަ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ދެނެގަނެ ނައްތާލުމުގެ ގާބިލުކަން ފާހަގަކުރައްވާފައެވެ.
ޒަމާނީ ހަމަނުޖެހުންތަކުގައި ޑްރޯންގެ ބޭނުންތެރިކަން އިތުރުވަމުން ދިއުމަކީ ދިފާއީ ހަރުދަނާ ނިޒާމުތަކުގެ މުހިންމުކަން ހާމަކޮށްދޭ ކަމެކެވެ. ކައުންޓަރ ޑްރޯންގެ ޤާބިލުކަން އިތުރުކުރުމަށް އަމާޒުކޮށްގެން އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ވަނީ އެންޓި-ސްވާރމް ޑްރޯން ސިސްޓަމްތަކަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތްވެސް ފަށައި، ވެހިކަލް މައުންޓެޑް ކައުންޓަރ އަންމޭންޑް އެއަރކްރާފްޓް ސިސްޓަމްސް (ސީ-ޔޫއޭއެސް) ހޯދުމުގެ ވިސްނުން ގެންގުޅެފައެވެ.މީގެ ކުރިން ކުރިމަތިވި މައްސަލަތަކާެއި އެކުވެސް އިންޑިއާއިން ދަނީ ޑްރޯން ޓެކްނޮލޮޖީ އާއި ކައުންޓާ ޑްރޯން ސިސްޓަމްތަކުގެ ފަރަގު ކުޑަކުރަމުންނެވެ. ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ބާރުގަދަ ޑައިރެކްޓެޑް އެނާޖީ ވެޕަންސް (ޑީއީޑަބްލިއު) އުފެއްދުމުގެ ވިސްނުން ގެންގުޅޭ އިރު، އިންޑިއާގެ އަމާޒަކީ ދިފާއީ ގާބިލްކަން އިތުރުކުރުމެވެ.
މައުލޫމާތު: އިކްނޮމިކް ޓައިމްސް