ލިޔުނީ: އަޒްހީން

ބަރުންދަން ލުއިކުރަން އުނދަގޫވެގެން އުޅެންތަ؟ ތިބާގެ މޭވާ ތަށިތަކަށްވުރެ އިތުރަށް ބަލާނެ ކަމެއް ނެތެވެ. ޒަރޫރީ ނިއުޓްރިއެންޓްސްއިން ފުރި، ރަހަ މީރު މި މޭވާތަކުގެ ސަބަބުން ބަރުދަން ލުއިކުރުމުގެ ދަތުރު ހަލުވިވެގެންދެއެވެ.

1- އާފަލު: މިއީ ހަމައެކަނި ސްނެކެއް ނޫނޭ، އެޕަލްއަކީ ފައިބާ އާއި ފެނުން މުއްސަނދި، ގިނަ ގިނަވަގުތު ބަނޑު ފުރިފައިވާ ކަމުގެ އިހުސާސް ގެނެސްދޭ، މާގިނައިން ކެއުމުން ދުރުކޮށްދޭ އެއްޗެކެވެ.

2- އޮރެންޖް: ވިޓަމިން ސީ އެކުލެވިގެންވާ އަދި ކެލޮރީސް މަދު އޮރެންޖްގެ ސަބަބުން މެޓަބޮލިޒަމް އަވަސްކޮއްދީ، ފެޓް އަންދާލުމަށް އެހީތެރިވެދޭއިރު، ކެއުމުގައި ތާޒާ ޓެންގްއެއް އެކުލެވިގެންވެއެވެ.

3- މޭބިސްކަދުރު: މި ކުދި ކުދި ޓްރީޓްތަކަކީ އެންޓިއޮކްސިޑެންޓް ޕަވަރހައުސްއެއް، މީގެން މެޓަބޮލިޒަމް އިތުރުކޮށް، ފެޓް ސްޓޯރޭޖް މަދުކޮށް، ޓްރީޓެއް ގޮތުގައި ކާން ރަނގަޅު އެއްޗެކެވެ.

4- ކަރާ: ކަރާ ފަޅިއަކުން ތިބާގެ ކެއިންތައް ފުއްދާލާށެވެ. ކަރާ އަކީ ފެނުގެ މިންވަރު ގިނަ، ކެލޮރީސް މަދު، ބަނޑުހައިހޫނުކަން ފިލުވައިދޭ، އުނަގަނޑު ފުޅާނުކޮށް ބަނޑުހައިހޫނުކަން ނައްތާލައިދޭ މޭވާއެކެވެ.

5- ދޮންކެޔޮ: ޕޮޓޭސިއަމް އެކުލެވޭ އަޖައިބެއް ކަމުގައިވާ ދޮންކޭލަކީ ފްލުއިޑް ބެލެންސް ރެގިއުލޭޓްކޮށް، ފަލަވުމާއި ދެކޮޅަށް މަސައްކަތްކޮށް، ފޮނިއެއްޗެހި ކެއުމަށް ޝައުގުވެރަކަން ކުޑަ ކުރުމަށް ގުދުރަތީ ހައްލެއް ހޯދައިދޭ އެއްޗެކެވެ.

6- ފަޅޯ: އޭގެ އެންޒައިމްތަކުގެ ސަބަބުން ހަޖަމުކުރުމަށް އެހީތެރިވެދީ، ފެޓްތައް ހަރުދަނާގޮތެއްގައި ރޫޅާލުމާއެކު، ބަރުދަން ބަލަހައްޓާ މީހުންނަށް ޓްރޮޕިކަލް ޓްރީޓެއްގެ ގޮތުގައި ފަޅޯ ފާހަގަކޮށްލެވެއެވެ.

7- އަލަނާސި: ބްރޮމެލޭންގެ ފެޓް އަންދާލުމުގެ ބާރައި ފެނުގެ މިންވަރު މަތި، މި މެވާއަކީ ހައިޑްރޭޓްކޮށް، ހިތްހަމަޖެހުން ގެނެސްދޭ އެއްޗެކެވެ.

8- އަންނާރު: ސައިޒު ކުޑަ ނަމަވެސް އަންނާރަކީ އެންޓިއޮކްސިޑެންޓްސް އާއި ފައިބަރު އެކުލެވޭ، މެޓަބޮލިޒަމް އިތުރުކޮށް، ބަނޑުހައިހޫނުކަން ހަމަޖައްސައިދޭ މޭވާއެކެވެ.

މި މޭވާތައް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމުން މުޅި ސިއްހަތު ރަނގަޅުވުމުގެ އިތުރުން ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތް ތައް ވެސް ހަލުވިވެ، ދުޅަހެޔޮ ސިއްހަތަކަށް ކުރާ ދަތުރު މީރު އަދި ފަސޭހަ ދަތުރަކަށް ހަދައިދޭނެއެވެ.