ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ނޭޓޯއިން އެއްވެސް ހަނގުރާމައަކަށް ތައްޔާރެއް ނުވާ ކަމަށް ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޮސޭ މެނުއެލް އަލްބަރޭސް ވިދާޅުވެއްޖެއެވެ.

އަލްބަރޭސް މިހެން ވިދާޅުވީ އޭނާ ރެޑިއޯ ސްޓޭޝަނަކަށް ދެއްވި އިންޓަވިއުއެއްގައެވެ. މި އިންޓާވިއުގައި އޭނާ ވިދާޅޫވީ އީޔޫ އަކީ ހަނގުރާމަ ހުއްޓުވުމަށް ހެދިފައިވާ ޖަމާއަތެއް ކަމަށެވެ. ސްޕެއިންއަކީ އީޔޫއާއި ނޭޓޯގެ މެންބަރެއް ކަމުގައި ވާއިރު އަލްބަރޭސް ވިދާޅުވީ އެގައުމުން އެއްވެސް ހަނގުރާމަވެރި ޖަމާއަތަކާއި އެއްބައި ނުވާނެ ކަމަށެވެ. އަދި ނޭޓޯއިން ވެސް ނުވަތަ އީޔޫ އަދި ސްޕެއިން ވެސް އެއްވެސް ހަނގުރާމައަކަށް ތައްޔާރު ނުވާ ކަމަށް އޭނާވިދާޅުވިއެވެ.

މީގެއިތުރުން އަލްބަރޭސް ވިދާޅުވީ ސްޕެއިންއިން ޔޫކްރެއިންނަށް ހަނގުރާމަވެރި ސިފައިން ފޮނުވުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށެވެ. އަދި އެހެންގައުމަކުން ޔޫކްރެއިނަށް ސިފައިން ފޮނުވުމުގެ ފިކުރު ހުރިކަމެއްވެސް އޭނާއަށް އިނގިފައި ނުވާ ކަމަށް ވިދާޅުވިއެވެ. ޔޫކްރެއިންއިން ސިފައިން ފޮނުވުމަށް ނޭދޭ ކަމަށާއި ޔޫކްރެއިންއިން އެހީއަށް އެދެނީ އެހެން ކަންކަކަމުގައި ކަމަށް އޭޏާ ވިދާޅުވިއެވެ.