ލިޔުނީ: އަޒްހީން

ހުސްބަނޑާ ހުރެ ފަޅޯ ކެއުމުން ސިއްޚީ ގޮތުންް އެތައް ފައިދާއެއް ހަށިގަނޑަށް ލިބިދޭ ކަމަށް ސައިންސްވެރިން މިވަނީ ހާމަ ކޮށްފައެވެ.

ހުސް ބަނޑާ ހުރެ ފަޅޯ ކެއުމުން ލިބޭ ފައިދާތައް:

ފަޅޯ، ކޮންމެ ދުވަހެއްގެ ކެއުންތަކަށް އިތުރުކުރުމުން ލިބޭ 10 ފައިދާއެއް ބަލާލަމާ ހިނގާތޯއެވެ. ހަށިގަނޑުގައި ވަރުޖައްސައިދޭ ގުދުރަތީ ހަކުރު ލިއްބައި ދެއެވެ. އަދި ވިޓަމިންސް އާއި މިނަރަލްސްގެ ސަބަބުން ހަލުވިކޮށް އަދި ދިގު މުއްދަތަކަށް ހަކަތަ ލިއްބައިދޭ ފަޅޮލަކީ ހެނދުނު ސަޔަށް ވަރަށް ރަނގަޅު މޭވާއެކެވެ.

މީގެ އުތުރުން ފަޅޮލަކީ ރަމަޟާން މަހުގެ ހާރުކެއުމަށް ވެސް ވަރަށް ރަނގަޅު މޭވާއެކެވެ. އުޖާލާ ހަންގަނޑެއް ހޯދައިދޭ ވިޓަމިން އޭ އަދި ސީ ފަދަ އެންޓިއޮކްސިޑެންޓްތައް އެކުލެވިގެންވާ ފަޅޮލަކީ ކޮލެޖަން ސިންތެސިސް ކުރުމަށް ހިތްވަރުދީ، ރިންކުލްސް މަދުކޮށްދީ، ހަންގަނޑަށް އުޖާލާ، ޒުވާން ސިފައެއް ގެނެސްދޭ މޭވާއެކެވެ. ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދޭ ދޭވިޓަމިން "ސީ" އިން މުއްސަނދިވެފައިވާ ފަޅޮލަކީ އިންފެކްޝަންތަކާއި ބަލިތަކުން ހަށިގަނޑުގެ ދިފާއު ވަރުގަދަކޮށްދޭ މޭވާއެކެވެ.

ބަރުދަން ލުއިކުރުމަށްވެސް ފަޅޮލަކީ މޮޅު މޭވާއެކެވެ. ބަރުދަން ލުއިކުރުމަށް މަގުފަހިކޮށްދޭ ފައިބަރުން މުއްސަނދި އަދި ކެލޮރީސް މަދު، ފަޅޯ ގެ ސަބަބުން ގިނައިރުވަންދެން ބަނޑު ފުރިފައިވާ ކަމުގެ އިހުސާސް ކުރެވޭއިރު، ބަރުދަން ލުއިކޮށް ދިނުމުގައި އެހީތެރިވެދެނީ ކްރެވިންސް ކުޑަކޮށްގެނެވެ.

މޫޑް ވަރުގަދަކޮށް ވިސްނުން ތޫނުކޮށްދޭ ސިކުނޑީގެ މަސައްކަތްތަކާއި މޫޑް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބީ-ވިޓަމިން އެއް ކަމަށްވާ ފޯލޭޓް އަކީ ފަޅޯގައި އެކުލެވިގެންވާ މާއްދާއެކެވެ. ހެނދުނު އެންމެ ފުރަތަމަ އެއްޗެއް ގޮތުގައި ފަޅޯ ކެއުމަކީ މޫޑާއި ކޮގްނިޓިވް ޕާފޯމަންސް ރަނގަޅުކޮށްދޭ ކަމެކެވެ. ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންވާ ބީޓާ ކެރޮޓީން އާއި ވިޓަމިން "އޭ" އެކުލެވިގެންވާ ފަޅޮލަކީ މެކިއުލާ ޑިޖެނެރޭޝަން ގެ ނުރައްކާ ކުޑަކޮށްދީ، އުމުރާ ގުޅުންހުރި ލޮލުގެ ބަލިތަކުން ރައްކާތެރިކޮށްދީ، ލޮލުގެ ފެނުން ރަނގަޅުކޮށްދޭ އެއްޗެކެވެ.

އިންފްލެމޭޝަން ކުޑަކޮށްދޭ ފަޅޮލުގެ އެންޓި-އިންފްލެމޭޓަރީ ސިފަތަކުގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން ކުޑަކުރުމަށް އެހީތެރިވެދޭ އިރު، އާތުރައިޓިސް ފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިވާ ވޭން ކުޑަކޮށްދެއެވެ. ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ފަޅޮލުގައި ޕޮޓޭސިއަމް އަދި ފައިބަރު ގެ މިންވަރު މަތިވުމުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ދަށްކޮށްދީ، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ބަނޑު ހަރުވުމުންވެސް ފަސޭހަކޮށްދޭ ފަޅޮލުގައި ފައިބަރު ގިނަވުމުން ހަޖަމްކުރަން ފަސޭހަކޮށްދީ، ބަނޑުހިކުމަށް ލުޔެއް ލިބި، ހަޖަމުކުރުމުގެ ނިޒާމް ދުޅަހެޔޮކޮށް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.