މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަހުމަދު އަޝްފާން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން މިރޭ ވަނީ އެ މަގާމަށް އަޝްފާން ހަމަޖެއްސިކަން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ކަށަވަރުކޮށްދީފައެވެ.

މީގެއިތުރުން އަޝްފާނު ވަނީ އެ އިދާރާއަށް 18 އަހަރު ދުވަހުގެ ހިދުމަތް ކޮށްދީފައި ކަމަށް އެ އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ.

އަޝްފާން އަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެއެވެ.

އެ އިދާރާއިގެ މިވަގުތުގެ ކޮންޓްރޯލާއަަކަށް ހުންނަވަނީ މުހައްމަދު ޝަމްއާން ވަހީދެވެ.