މިއަހަރު ޔޫކްރޭނުނ2ް މިލިޔަން ޑްރޯން އުފައްދާނެ ކަމަށް ޔޫކްރެއިންގެ ސްޓްރެޓީޖިކް އިންޑަސްޓްރީސްގެ ޑެޕިއުޓީ މިނިސްޓަރ އަންނާ ވިދާޅުވެއްޖެއެވެ.

އަންނާ މިހެން ވިދާޅުވީ ޖަޕާނުގެ އެންއެޗްކޭ ޓީވީ ޗެނަލަށް ދިން އިންޓާވިއުއެއްގައެވެ. އޭނާވިދާޅުވީ މި އަހަރު ޔޫކްރެއިންއިން އެކި ވަށްތަރުތަކުގެ 2 މިލިޔަން ޑްރޯން އުފައްދާނެ ކަމަށެވެ. އަދި އެ ޑްރޯންތަށް އުފަށްދާނީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީ ބޭނުން ކޮށްގެން ކަމަށެވެ. މީގެއިތުރުން އާޓިފިޝަލް އިންޓެލިނެޖެންސްގެ އެހީގައި ޑްރޯންތަށް އުފެއްދުމުން އިނދިކޮޅުން ޑްރޯންތަކާއި ދެކޮޅަށްއ އަޅާ ފިޔަވަޅުތަށް ހުއްޓުވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.