ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައި ދިނުމަށް އެކަމަށް އެކަށޭނެ މަޖިލިސް މެންބަރުން ބޭނުންވާކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރޭ އެމަނިކުފާނު ބައިވެރިވެވަޑައިގަތް އިހަވަންދޫ ދާއިރާގެ ޕީއެންސީ ކެނޑިޑޭޓް އަހްމަދު ނަސީރުގެ ކެންޕެއިން ހަރަކާތުގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ އިހަވަންދޫ ދާއިރާއަށް މެނިފެސްޓޯގައި ކަނޑައަޅާއިފައިވާ މަޝްރޫއުތަށް ހަލުވި ސްޕީޑެއްގައި، ހުއްޓުމެއްނެތި މަސައްކަތް ކޮށްދޭނެ މެންބަރެއް އެދާއިރާއަށް ރައްޔިތުންހޮއްވަވައިދިނުމެވެ.
މީގެއިތުރުން ރަޢިސްގެ އަމާޒަކީ ރައްޔިތުންނަށް ވައުދުވެފައިވާ ހުރިހާ ކަމެއް ވީހާވެސް އަވަހަކަށް ކޮށްދިނުން ކަމަށާއި އަދި އެކަމަށް އެއްބާރުލުން ދެއްވާނެ މެންބަރެއް ބޭނުންފުޅުވާ ކަމަށެވެ. އަދި ދާއިރާތަކަށް ކަންކަން ފުރިހަމަ ކޮށްދިނުމަށް މަޖިލީހުން ބަޖެޓު ފާސްކުރުންފަދަ ގިނަ ކަންކަމާއި ނުލައި އެކަން ކުރަން އުދަނގޫވާނެ ކަމަށެވެ.