ލިޔުނީ: އަޒްހީން

ސައުދީއަރަބިއްޔާ ފިރިހެނަކު މިވަނީ ވަރަށް ތަފާތު މައްސަލައެއްގައި އޭނާގެ އަނބިމީހާ ވަރިކޮށްފައެވެ.

ކައިވެނި ރޫޅާލުމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ފިރިމީހާ ބުނީ ވަޓްސްއެޕުން އަނބިމީހާ، އޭނާ ބްލޮކް ކޮށްފައިވާކަމަށާއި މިކަމާ ގުޅިގެން އެކުގައި ދިރިއުޅުން ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. ގާނޫނީ މަރުހަލާތަކަށް ފަހު ކޯޓުން ވަނީ ފިރިމީހާ ކޮޅަށް ހުކުމްކޮށް، ރަނުގެ ގޮތުގައި ފިރިމީހާ ހަދިޔާކުރި 50،000 ރިޔާލް (206,076.89 ރުފިޔާ) އާއި ރަން މަހަރު އަނބުރާ ދިނުމަށް އަނބިމީހާއަށް އަމުރުކޮށްފައެވެ. މިކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވާ ކަމަށް ސައުދީ މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

ދެމަފިރިންގެ މެދުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން ކައިވެނީގެ ޕާޓީ ހިމެނޭ ގޮތަށް، ކައިވެނީގެ ހަފްލާތައްވެސް މުއްދަތެއް ނެތް ގޮތަށް އޮތީ ފަސްކޮށްފައެވެ.

ފިރިހެން މީހާ ބުނި ގޮތުގައި މައްސަލަ ހައްލު ކުރަން އަނބިމީހާގެ ބައްޕައާ ވާހަކަ ދައްކަން މުއާމަލާތް ކުރަން ކުރި މަސައްކަތް ބޭކާރުވީ މުވާސަލާތީ ޗެނަލްތައް އަނބިމީހާ ބްލޮކް ކުރުމުންނެވެ. އަދި ކައިވެންޏަށް ހަމަޖެހުން ގެނައުމަށް ނުވަތަ ރަން އަނބުރާ ދިނުމަށް އެނާ އެދިފައިވާކަމަށް ބުންޏެވެ. ނަމަވެސް އަންހެން މީހާގެ ބައްޕަ ވަނީ ކައިވެނި ރޫޅުނީ އޭނާގެ ދަރިފުޅުގެ ސަބަބުން ނޫނަކަމަށް ބުނެފައެވެ.