ރަޝިޔާގެ ފޮރިން މިނިސްޓްރީއިން އެގައުމުގެ ރައްޔިތުން މެދުއިރަމައްޗަށް ދަތުރު ނުކުރަން އިލްތިމާސް ކޮށް ބަޔާނެއް ނެރެފިއެވެ.
މި ބަޔާނުގެ ރަޝިޔާގެ ފޮރިން މިނިސްޓްރީއިން ވިދާލުވެފައިވަނީ މެދުއިރުމަތީގެ ސަރަހައްދުތަށް އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. މި ބަޔާނުގައި ވިދާޅުވެފައިވަނީ މެދުއިރުމަތީ ސަރަހައްދުތަކަށް ދަތުރު ނުކުރުމަށާއި ހާއްސަކޮށް އިޒްރޭލު، ލެބަނާން އަދި ފަލަސްތީނަށް ދަތުރު ނުކުރުމަށެވެ. މީގެއިތުރުން ރަޝިޔާއިން ވިދާޅުވެފައިވަނީ މެދުއިރުމަތީގެ އުރުދުން ފަދަ ގައުމުތަކުގައި ސެކިއުރެޓީ ވަރަށް ނާޒުކު ކަމަށެވެ. އެހެންކަމުން ކޮންމެހެން ދަތުރު ކުރަންޖެހޭ ހާލަތެއްގައި މެނުވީ މެދުއިުމައްޗަށް ދަތުރު ނުކުރުމަށެވެ.
މީގެކުރިން ރަޝިޔާއިން މިފަދަ ބަޔާނެއް ނެރެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ހަމާސް އާއި އިޒްރޭލުގެ ހަނގުރާމަ އަލުން ފެށުނު ދަނޑިވަޅުގައެވެ.