ލިޔުނީ: އަޒްހީން

މޫސޫމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުން މުޅި ރާއްޖެއަށް މިއަދު މޫސުން ގޯސްވެ ވިއްސާރަކުރާނެއެވެ.

އެ އިދާރާއިން ބުނާ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ 2 މޫސުން ބެދޭއިރު ކުރާ ވިއްސާރަކަމަށެވެ.

ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާން އެކަށިގެންވާއިރު ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން އެންގިއެވެ. މިކަމާ ގުޅިގެން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު މިހާރު ވަނީ ނެރެފައެވެ.

މެޓް އޮފީހުން ބުނިގޮތުގައި ކުރިއަށްއޮތް 2 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އެހެންކަމުން މެޓުން ވަނީ ކަނޑުދަތުރުފަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.