ލިޔުނީ: އަޒްހީން

އެކަކު އަނެކެއްގެ އުޅުން ޤަބޫލުކުރުމާއި މީހުންގެ ގުޅުންތަކުގެ އަގު ވަރަށް ބޮޑުވެފައިވާ ޒަމާނެއްގައި އެހުންމީހުން ރުހޭ މީހަކަށް ވާނި ކިހިނަކުންތޯ ނުވަތަ "ލައިކަބަލް" ވެވޭނީ ކިހިނަކުންތޯ ދެނެގަތުން މިއަދު މިވަނީ މުހިއްމު ކަމަކަށްވެފައެވެ.

ހެކް ސްޕިރިޓްގެ ބާނީ ލަޗްލަން ބްރައުން ވަނީ އިންސާނުންގެ އަހުލާގުގެ ނުކުތާތައް ދިރާސާކޮށް، ސައިކޮލޮޖީގެ އެހީގައި ހައި ލައިކްބިލިޓީ ރަމްޒުކޮށްދޭ 8 ނިޝާނެއްގެ މައުލޫމާތު ހިއްސާކޮށްފައެވެ.

މިސިފަތަކަތް ބަލާލަމާހިނގާށެވެ. އެހެން މީހުން ރުހޭ، "ލައިކަބަލް" މީހުންނަކީ ވާހަކަދެއްކުމުގައި ފުރިހަމައަށް ހަރަކާތްތެރިވެ، ޙަޤީޤީ ޝައުޤުވެރިކަމާއި، އެހެން މީހުންގެ ވަގުތަށް އިޙްތިރާމް ކުރުމުގެ ގޮތުން މޮޅު މީހުންނެވެ. ނަފްސާނީ އިންޓެލިޖެންސްގެ މައްޗަށް ބިނާވެފައިވާ މި ސިފަތަކަކީ ގުދުރަތީ ގުޅުމަށް މަގުފަހިކޮށްދޭ ސިފަތަކެކެވެ. އަދި ޙަޤީޤީ ހަމްދަރުދީއާއި، އެހެން މީހުންގެ އިޙްސާސްތައް ދެނެގަނެ، ތިމާގެ އިހުސާސްތައް ޙިއްޞާކުރުމުގެ ޤާބިލުކަމަކީ، މީހުން ލޯބިވާ ޝަޚްޞިއްޔަތުތަކުގެ ސިފައެތަކެކެވެ. އެކަމުގެ ސަބަބުން ފަރުދުންގެ އަގު ވަޒަންކޮށް ހިތްހެޔޮ މާހައުލެއް އުފެދެއެވެ.

"ލައިކަބަލް" މީހުން އެމީހުންގެ އައިބުތަކާއި ސައްހަކަން ދެނެގަނެ، އެހެން މީހުންނަށް ވެސް އެކަން ކުރުމަށް ރައްކާތެރި ޖާގައެއް ފަހިކޮށްދެއެވެ. ދިރިއުޅުމުގައި ހުރި ގޮންޖެހުންތަކާއެކުވެސް، އެހެން މީހުން ރުހޭ މީހުން ދައްކަނީ ރަނގަޅު ވިސްނުމެއް، އަދި މަސައްކަތް ކުރާނީ ކަންކަމުގެ ހައްލުތަކަށް ސަމާލުކަންދީ، "ސިލްވާ ލައިނިން" ހޯދުމަށެވެ. މި ރެޒިލިއަންސް އާއި އުއްމީދަކީ އެހެން މީހުން ޝައުގުވެރިކުރުވާ ކަމެކެވެ.

"ލައިކަބަލް" މީހުންނަކީ މަޤްޞަދާއި އިރުޝާދުގެ ސާފު އިޙްސާސެއް ލިބިފައިވާ، ދިރިއުޅުމަށް ޓަކައި ހަކަތައާއި ހިތްވަރު ލިބިގަނެ، އަދި ހަމައެއާއެކު އެހެން މީހުން، އެމީހުންގެ ޢަޒުމްތައް ކަނޑައެޅުމަށް މަގުފަހިކޮށްދޭ ބައެކެވެ. އަދި ދިރިއުޅުމުގެ ނިޢުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަތުމުން މުޖްތަމައުގެ ތެރޭގައި އެފަދަ މީހުންގެ ޕޮސިޓިވިޓީ އިތުރު ކޮށްދެއެވެ.

އައު ތަޖުރިބާތަކުން ޢިބްރަތް ޙާޞިލުކޮށް، ލައިކަބަލް މީހުންގެ ތަޢުރީފާއި އިޙްތިރާމުން އެހެންމީހުންނަށް ހިތްވަރުލިބި، ދިރިއުޅުމުގެ ބަދަލުތަކަށް ރެޒިލިއަންސް އާއި އޯޕަންނަސް ހުރުމަކީ "ލައިކަބަލް" މީހުން ސިފަކޮށްދޭ ކަމެކެވެ. ހަމަހިމޭންކަމުގެ ބާރު ބަލައިގަނެ، ގުޅުން ބަދަހިކޮށް، އެހެން މީހުންގެ ވާހަކަތަކާ މެދު ވިސްނައި، ހަގީގީ ޝައުގުވެރިކަމާއި އިހުތިރާމްވެސް މިކަހަލަ މީހުން ކިބައިން ފެންނާނެއެވެ. ލައިކަބިލިޓީ އުފެދެނީ ސައްހަކަމާއި ހަމްދަރުދީ އާއި ޕޮޒިޓިވިޓީގެ ސަބަބުންނެވެ. މި ސިފަތައް ހިފަހައްޓައި، ޙަޤީޤީ ގުޅުންތައް ތަރުބިއްޔަތުކޮށްގެން، ފަރުދުންގެ ލައިކްބިލިޓީ އިތުރުކޮށް، ފުރިހަމަ ދިރިއުޅުމެއް އުޅެވިދާނެއެވެ.