ލިޔުނީ: އަޒްހީން

ރާއްޖޭގައި ސްޓެމް ސެލް ތެރަޕީ ފޯރުކޮށްދޭ ފުރަތަމަ އަދި ހަމައެކަނި ޕްރޮވައިޑަރަކަށް ސޯނޭވާފުށި ރެޒޯޓް ވެއްޖެއެވެ.

ސްޓެމް ސެލް ތެރަޕީ ތައާރަފްކޮށް، އެކަމުގެ މައުލޫމާތު ހާމަކުރަމުން ސޮނާވާއިން ބުނީ އެރިޒޯޓުން ބޭނުންކުރަނީ ފެންވަރު ރަނގަޅު މެސެންޗިމަލް ސްޓެމް ސެލްތަކަށް ހާއްސަ ސްވިޑަންގެ ކުންފުންޏެއް ކަމަށްވާ ސެލްކޮލެބްސް އިން ފޯރުކޮށްދޭ ސްޓެމް ސެލްތަކެވެ. މި ކުންފުންޏަކީ ސްވިޑެންގެ ކެރޮލިންސްކާ އިންސްޓިޓިއުޓްގައި 20 އަހަރު ވަންދެން ކުރި ދިރާސާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ކުންފުންޏެކެވެ.

ސްޓެމް ސެލް ތައް ރާއްޖެ އެތެރެކުރަނީ ވަކިވަކި ޕޭޝަންޓުންނަށް ބޭނުންވާ ފަރުވާތަކަށް ހައްސަކޮށް، ޕްރިސްކްރިޕްޝަންގެ ޒަރިއްޔާއިންނެވެ. ފަރުވާތަކުގެ ތެރޭގައި ހަށިގަނޑުގެ ޖޮއިންޓްތައް މަރާމާތު ކޮށް، ހަލާކުވެފައިވާ ޓިޝޫ އަދި ރިކަވަރީ އަވަސްކުރުމަށް އިންޓްރާ އާޓިކިއުލަރ ޓާގެޓެޑް އިންޖެކްޝަން، ހަންގަނޑު އަލުން ދިރުވައި އާކަމެށް ގެނެސްދިނުމަށް ޓޮޕިކަލް އެޕްލިކޭޝަން، ދިފާއީ ނިޒާމުގެ އެހީތެރިކަމަށް އިންޓްރާވީނަސް އިންފިއުޝަންސް އަދި ސޫރަ ރީތިކުރުމުގެ ބޭނުންތަކަށް އިންޓްރާޑާމަލް އިންޖެކްޝަން ހިމެނެއެވެ.

ސޯނޭވާއިން ސެޓެމް ސެލްގެ ތެރަޕީގެ ހިދުމަތް ފޯރުކޮށްދޭނީ ތަޖުރިބާކާރު ޑޮކްޓަރުންނާއި ތެރަޕިސްޓުންގެ ޓީމަކުންނެވެ. އަދި ކޮންމެ މެހެމާނެއްގެ ފަރުވާގެ ޕްލޭންތައް ޕާސަނަލައިޒް ކުރާނީ ކޮމްޕްލިމެންޓަރީ ކޮންސަލްޓޭޝަނަކަށް ފަހުއެވެ.