މިޒަމާނުގައި ގިނަ ބަޔެއްގެ ކަންބޮޑުވުމުކަށް ވެފައިވަނީ މީހާ ފަލަވުމެވެ. އެއްބައިމީހުންގެ ދިރިއުޅުން ބައްޓަން ކުރަން ޖެހިފައިވާ ގޮތުގެ ސަބަބުން ޖިމަކަށް ދާން ވަގުތު ނުވެއެވެ. ނުވަތަ ޖިމަށް ދާން ބޭނުންވާ މާލީ ފުދުންތެރި ކަމެއް ނުހުރެއެވެ. ވީމާ ތިރީގައި ބަޔާން ކޮށްފައި އެވަނީ ޖިމަކަށް ނުގޮސް ހިކުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.
1. ލަސްލަހުން ކެއުން
މިއަދުގެ މުޖުތަމައުގައި އަވަސް އަވަހަށް ކެއުމަކީ ގިނަ ބައެއްގެ އާދައަކަށްް ވެފައިވާ ކަމެކެވެ. ނަމަވެސް އަވަސްއަރުވާލައިފައި ކެއުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ ގިނައިން ކެވޭ ފަހަރުއާދެއެވެ. އެއީ ލަސްލަހުން ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް ކާއެއްޗެހި ލިބުމުން ހުއްޓާލަން ފަސޭހަވެއެވެ. ނަމަވެސް އަވަސް އަވަހަށް ކާއިރު ގިނަ ފަހަރަށް ކެވޭ މިންވަރަށް ނުބެލެއެވެ. މީގެއިތުރުން އިސްލާމް ދީނުގައި ވެސް ލަސްލަހުން ކެއުމަަށް ބާރުއަޅުއްވާފައި ވެއެވެ.
2. ގިނައިން ފެންބުއިން
ފެންބުއިމަކީ މިއަދު އެންމެ ގިނަބަޔަކު އެކަމަކަށް ފަރުވާ ކުޑަކުރާ އެއްކަމެވެ. ކުޑައިރުއްސުރެ ދުވާލަކު އަށް ތަށި ބުއިމަށް ދަސްކޮށްދީފައި ވީނަމަވެސް މިކަމަށް އަމަލު ކުރަނީ މަދުބައެކެވެ. މިއަދު ގިނަމީހުން ފެންބޮނީ ކައި ނިމިގެން ފެން ބޮވައި ގަތުމުންނެވެ. ނުވަތަ ހުންއައިސްގެން ޑޮކުޓަރު ފެންބުއިމަށް އިރުށާދު ދިނުމުންނެވެ
. ހިކުމައްޓަކައި ފެންބުއިމަކީ ވަރަށް މުހިއްމު ކަމެކެވެ. މިގޮތުން ކެއުމުގެ ކުރިން އެއްތަށި ފެންބުއިމުން ވެސް ކެވޭލެއް މަދުވެއެވެ. މީގެއިތުރުން ދިރާސާތަކުން ދައްކާގޮތުގައި ހެދުނުގެ ނާސްތާގެ ކުރިން 2 ތަށި ފެންބުއިމުން އެމީހާ އެދުވަހު ނާސްތާއަށް ކެލޮރީ އެތެރެ ކުރާވަރު 22 އިންސައްތަ މަދުވެއެވެ. ފެނަކީ އޭގެ ޒާތުގައި ކެލޮރީ ނުހުންނަ އެއްޗެއްކަމުގައި ވުމުން ހިކުމަށް ގިނައިން ފެންބުއިމަކީ އެޅިދާނެ ވަރަށް ބޮޑު ފިޔަވަޅެކެވެ. މީގެއިތުރުން ފެނުގައި މީރު ރަހައެއް ލެއްވުމަށް ފެނަށް ލުބޯ ހުއިކޮޅެއް ނުވަތަށް މޭވާގެ އެތިކޮޅެއް އަޅާލައިގެން ބޮވިދާނެއެވެ.
3. ނިދި ހަމަކުރުން
މިއަދު މުޅިދުނިޔޭގައި ވެސް ގިނަބަޔަކަށް ދިމާވެފައިވާ އެއް މައްސަލައަކީ ނިދިހަމަނުވުމެއެވެ. މިއީ ގިންބަޔެއްގެ ދިރިއުޅުން ބައްޓަން ވެފައިވާ ގޮތުގެ ސަބަބުންނެވެ. ރޭގަނޑުގަޑީގައި ގިނަ އިރު ފޯނާއި ކުޅެން ހޭލާ އޮވެވުމުގެ ސަބަބުންނެވެ. ދުވާލަކު މަދުވެގެން 7 ގަޑިއިރު ނިދަން ޖެހޭއިރު މި ޒަމާޏުގައި ގިނަ ބަޔަކު 5 ގަޑިއިރު ނިދި ހަމަވަނީ ކިރިޔާއެވެ. ނިދި ހަމަނުވުމަކީ ފަލަވުމާއި ގުޅިފައިވާ ކަމެއް ކަމަށް ގިނަ ދިރާސާ ތަކުން ދައްކައެވެ. ނިދި ހަމަނުވުމަކީ ބަނޑެއް ލާން ދިމަވާ މައިގަނޑު އެއް ސަބަބެވެ. ނިދިހަމަނުވުމުގެ ސަބަބުން ހަށިގަނޑުގައި "ވިސަރެލް" ސަރުބީ ގިނަވެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކަށް ވެސް މަގުފަހި ވެއެވެ.
4. ޕްރޮޓީން ގިނައިން ކެއުން
މިޒަމާނުގައި ގިނަ މީހުންނަށް އެމީހުންނަށް ބޭނުންވާ ވަރަށް ޕްރޮޓީން ނުލިބެއެވެ. ގިނަ ބަޔަކު ޕްރޮޓީންއާއި ޖިމާއި ވަރަށް ބޮޑަށް ގުޅުވާފައި ވީނަމަވެސް ޕްރޮޓީން އަކީ ކޮންމެ މީހަކަށް ވެސް ބޭނުންވާ އެއްޗެކެވެ. މިގޮތުން ހަށިގަނޑުގެން ކޮންމެ ކިލޮގްރާމަކަށް 0.3 ގްރާމް ޕްރޮޓީން ބޭނުންވާނެ ކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ. ޕްރޮޓީން އަކީ ހަށިގަނޑުގައި ސަރުބީ އެންދުމުގައި ބޮޑު ދައުރެއް އަދާ ކުރާއެއްޗެކެވެ. އަދި ހަށިގަނޑުގައި ހުންނަ މަސްތަށް ދަމަހައްޓާ މީހާގެ ބާރު ދަމަހައްޓާއި ދެނީ ވެސް ޕްރޮޓީން އެވެ. މީގެ އިތުރުން ޕްރޮޓީން ހުންނަ ކާއެއްޗިއްސަކީ އާންމުކޮށް މިހާގެ ބަނޑުފުރާލެވޭ ކަހަލަ އެއްޗިއްސެވެ. މިސާލަކަށް ކުކުޅު، ކަނޑުމަސް ގެރި މަސް ފަދަ ބާވަތްތަކެވެ. ގިން ޑައިޓްރިޝަނުން ބުނާގޮތުގައި ހިކުމައްޓަކައި ކާއެއްޗެހީގައި ޕްރޮޓީން ގިނަކޮށް ކާބޯހައިޑްރޭޓް މަދު ކުރަން ޖެހެއެވެ.
މިޒަމާނުގައި ގިނަ ބަޔަކު ވަރަށް ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރަމުންދާއިރު ކުރެވޭ ކުދި ކުދި ކަންކަމުގެ ސަބަބުން މީހާ ފަލަވެއެވެ. ގިނަ ވަޒީފާތަކަކީ މިހާއަށް ކަސްރަތރު ނުލިބޭ އޮފީސް ވަޒީފާތަށް ކަމުގައި ވުމުން ދިރިއުޅުމުގައި ހުންނަ ގޯސް އާދަކާދަތަށް ދޯކޮށްނުލައިފި ނަމަ އަވަހަަށް ފަލަވެދާނެއެވެ. ވީމާ ސިއްހަތު ރަނގަޅުދިރިއުޅުމެއްގައި އުޅުމަށް އެންމެ ވެސް މަސައްކަތް ކުރަން ޖެހޭނެއެވެ.
(މައުލޫމާތު: ހެލްތުލައިން ޑޮޓް ކޮމް)