ހިންދީ ފިލްމު އިންޑަސްޓްރީގައި ކާމިޔާބުތަކެއް ހޯދަމުންދާ ރީތި ބަޠަލާ އާލިޔާ ބަޓް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.
މި ޗުއްޓީގައި އެންމެ ގާތް އެކުވެރިޔާ އަންކަންޝާ ރާޖަން ކަޕޫރާއި އަންކަންޝާގެ ކޮއްކޮ އަނުޝްކާ ރާޖަން ބައިވެރި ވެއެވެ. މީގެ އިތުރަށް އާލިޔާގެ ދައްތަ ޝާހީން ބަޓް ވެސް މި ޗުއްޓީގައި ބައިވެރިވެ އެވެ.
ދިވެހިރާއްޖޭގެ ރީތި ހުދު ދޮންވެލީގެ ގޮނޑު ދޮށުގައި އާލިޔާ ބަޓް ނަގައިފައިވާ ފޮޓޯތަކާއި ވީޑިއޯތައް އިންސްޓަރގްރާމުގައި ދައުރުވަމުން އެބަ ދެއެވެ. ނަމަވެސް މި ބަޠަލާ މިވަގުތު ހުރީ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެއެވެ.
މި ރީތި ބަޠަލާއާއި އޭނާގެ ރަޙުމަތްތެރީން ދިވެހިރާއްޖޭގެ ސާފު ގޮނޑުދޮށުގައި ކަހޯނާ ޕިޔާރުހޭ (ލަވަ) އަށް ނަށަމުންދާ މަންޒަރު އިންޑިއާގެ މީޑިއާ ތަކުގައި މައްޝޫރުކަން ހޯދައިފައިވެއެވެ.
އާލިޔާ ބަޓަކީ ލޯބީގެ ފިލްމުތައް ޑައިރެކްޓް ކުރުމަށް މައްޝޫރު މަހޭޝަ ބަޓްގެ ހަގު އަންހެން ދަރިފުޅެވެ. އާލިޔާ އަކީ ބޮލީވުޑްގައި މިހާރު އެންމެބޮޑު އަގުގައި ފިލްމު ކުޅޭ އެއް ބަޠަލާއެވެ. އުމުރުން 27 އަހަރުގެ މި ބަޠަލާ ކުޅުނު އެންމެ ފުރަތަމަ ފިލްމަކީ 1999 ގައި ނުކުތް "ޝަންގްރަޝް" އެވެ. މި ފިލްމުގައި އޭނާ އަދާކުރީ ކުޑަކުއްޖެއްގެ ރޯލެވެ.
އާލިޔާ ބަޓް އެންމެ ފުރަތަމަ ލީޑް ރޯލަކުން ފެނިގެން ދިޔައީ ކަރަން ޖޯހަރުގެ ސްޓޫޑަންޓްސް އޮފް ދަ ޔިއަރ (2012) އިން ނެވެ. މީގެ އިތުރުންވެސް "2 ސްޓޭޓް" "ހަމްޕްޓީ ޝަރުމާކީ ދުލްހަނިޔާ" ފަދަ މައްޝޫރު ފިލްމުތައް އޭނާ ކުޅެފައިވެއެވެ.
އާލިޔާ ބަޓް ލީޑް ރޯލު ކުޅެފައިވާ "ދިޔާ ޒިންދަގީ އަށް" 2016 ގެ ފިލްމްފެއާ ގައި ބެސްޓް އެކްޓަރެސްގެ މަގާމު ލިބިފައިވެއެވެ.
ފިލްމު ތަކުގައި އާލިޔާ ދައްކަމުންދާ މޮޅު ހުނަރާއި ފަރި ހަރަކާތް ތަކުގެ ސަބަބުން އޭނާވަނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ކުޅަދާނަ ތަރިންގެ ލިސްޓްގައި ހިމެނިފައެވެ.