އޮކްޓޫަބަރު 7 ގެ ފަހުން މިއަދާ ހަމައަށް އިޒްރޭލުގެ ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުގެ ޣައްޒާގައި ޝަހީދުވި މީހުންގެ އަދަދު 36،000އަށް އަރައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރާގޮތުން މިދިޔަ އޮކްޓޫބަރު 7ގެ ފަހުން މިވީ ހަތްމަސް ދުވަސް ތެރޭގައި އިޒްރޭލުން ވަނީ 36,224 ފަލަސްތީނުން ޝަހީދު ކޮށްލައިފައެވެ. ޝަހީދުވި މީހުންގެ ތެރެއިން 15،000 ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި އިޒްރޭލުންގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު މިހާރު 81,777 އަށް އަރާފައިވާއިރު 10،000 އަށް ވުރެގިނަ ކުދިން ވަނީ ގޮތްނޭނގި ގެއްލިގެން ގޮސްފައެވެ.

މީގެއިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި 519 މީހުން ޝާހީދުކޮށްލާފައިވާއިރު މީގެތެރެއިން 130 ޝަހީދުންނަކީ ކުޑަކުދިންނެވެ. އަދި އެ ސަރަހައްދުގައި ވެސް 5000 އަށްވުރެގިނަ މީހުންވަނީ ޒަހަމްވެފައެވެ.