ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) ގެ ހިއްސާ އޮންނަ ރިޔާދް އެއާ އިން ސިންގަޕޫރު އެއާލައިންސްއާ އެކު ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ހަދައިފިއެވެ.
މި އެއްބަސްވުން ރަސްމީކޮށް އެކުލަވާލާފައިވަނީ ޖޫން މަހުގެ 2-4 އަށް ދުބާއީގައި ބޭއްވި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަންގެ އަހަރީ އާންމު މަޖިލީހުގައެވެ.
ރިޔާދް އެއާގެ ސީއީއޯ ޓޯނީ ޑަގްލަސް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ނެޓްވޯކް އިތުރުވެ، މުސްތަގުބަލުގައި ދަތުރުކުރާ ފަސިންޖަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. މި ޕާޓްނަރޝިޕްގެ ދަށުން ޑިޖިޓަލް ޓެކްނޮލޮޖީއާއި ލޯޔަލްޓީ ޕްރޮގްރާމްތަކާއި ޝިޕިންގ ހިމެނޭގޮތަށް ފުޅާ ދާއިރާއެއްގައި ކޯޑް ޝެއަރކުރުމުގެ އެއްބަސްވުމެއް ހިމެނެއެވެ.
ސިންގަޕޫރު އެއާލައިންސްގެ ސީއީއޯ ގޯހް ޗޫން ފޮންގް ވަނީ މި ޕާޓްނާޝިޕްގެ ސަބަބުން އިތުރު އޮޕްޝަންތަކާއި ކަނެކްޓިވިޓީ ލިބޭނެ ކަން ފާހަގަކުރައްވާފައެވެ. މި އެއްބަސްވުމުގެ އެއް މަޤްޞަދަކީ ސަޢޫދީ ޢަރަބިއްޔާއާއި ސިންގަޕޫރާއި އެނޫންވެސް ޤައުމުތަކުގެ މެދުގައި ފަސިންޖަރުންގެ ޓްރެފިކް އިތުރުކޮށް، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ފޮންގް ވިދާޅުވިއެވެ.
މި ޕާޓްނަރޝިޕްގެ ދަށުން އިންޓަރލައިން ކަނެކްޓިވިޓީގެ ފުރުޞަތުތައް ދެނެގަތުމާއި، ޕެންޑިންގަ ހުރި ރެގިއުލޭޓަރީ އެޕްރޫވަލް، އެއަރ ކާގޯގެ ޚިދުމަތާއި، ކަސްޓަމަރުންގެ ތަޖުރިބާއާއި، ޑިޖިޓަލް އިނޮވޭޝަންފަދަ ވިޔަފާރީގެ ތަފާތު ކަންކަމާ ބެހޭގޮތުން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދެ އެއާލައިންގެ މެދުގައި ހަރުދަނާ، ދިގު މުއްދަތުގެ ގުޅުމެއް އުފެއްދުމުގެ ފެށުމެވެ.
ރިޔާދް އެއާއަށް ދެކުނު އިރުމަތީ އޭޝިއާ އާއި ހުޅަނގު ދެކުނު ޕެސިފިކްގައި ސިންގަޕޫރު އެއާލައިންސްގެ ފުޅާ ނެޓްވޯކަށް ވަނުމުގެ ފުރުސަތު ފަހިވެ، މެދުއިރުމައްޗަށް ދަތުރުކުރުމުގެ ފުރުސަތުތައް އިތުރުވެގެންދާނެއެވެ. 2025 ވަނަ އަހަރުގެ މެދުތެރޭގައި ރިޔާދް އެއަރއިން ވިޔަފާރީގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާއިރު، އެ އެއަރލައިންގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް 100 އަށްވުރެ ގިނަ މަންޒިލަށް ގެސްޓުން ގުޅާލައި، އޭވިއޭޝަން އިންޑަސްޓްރީގެ ތެރޭގައި ޑިޖިޓަލް އިނޮވޭޝަން އަދި ސަސްޓެއިނަބިލިޓީގެ ލީޑަރެއްގެ ގޮތުގައި ޤާއިމުކުރުމެވެ.