ހޫނުގެ ސަބަބުން މޫނުމަތީގައި ކުދިކުދި ލަފުތަކާ ބިހިނަގާ، ޓޭންވެ، އަދި ހަންގަނޑު ތެޔޮކުރާއިރު، ހަންގަނޑުގެ އުޖާލާކަން އަލުން އިއާދަކުރުމަށް ގުދުރަތީ ފަރުވާއެއްގެ ގޮތުގައި ރޯ އަނބަކީ ޖާދުލެއްފަދަ ހަތިޔާރެއްކެެވެ.

އެންޓިއޮކްސި ޑެންޓްސް އާއި ވިޓަމިން އޭ އަދި ސީ އިން މުއްސަނދިވެފައިވާ މި ޓްރޮޕިކަލް މޭވާއަކީ ބިއުޓީ ރޫޓިންގައި ގޭމް ޗޭންޖަރއަކަށް ވެދާނެއެވެ. ހަމުގެ ތަފާތު މައްސަލަތަކަށް ރޯ އަނބު ބޭނުން ކުރެވޭނެ ގޮތްތައް ބަލާލަމާ ހިނގާށެވެ.

ނަރިޝިން ފޭސް މާސްކެއް ހެދުމަށްޓަކައި އޯޓްމީލް އާއި އަލްމަންޑް އެއްކޮށް ރޯ އަނބު މޮޑެ ޕޭސްޓެއް ހަދާށެވެ. އެއަށްފަހު ކިރާއި އެއްކޮށްލުމަށްފަހު މޫނުގައި އުނގުޅައި، 15 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ހަންގަނޑު ރިފްރެޝްކޮށްލުމަށް ފެނުން ދޮވެލާށެވެ.

ހަންގަނޑު އުޖާލާކޮށް، އަލިކޮށްލުމަށް ރޯ އަނބު އާއި ބެސަން (ގްރާމް ފުށް)، މާމުތް، ކާރޑު އަދި ރީނދޫ އެއްކޮށްލާށެވެ. މި ބްލެންޑު މޫނާއި ގައިގަ ހާކާލުމުން، ހަންގަނޑު އޮމާންކޮށްދީ، އުޖާލާކަން އިތުރުކުރެއެވެ. މީގެ އިތުރުން ރޯ އަނބު އާއި އާދައިގެ ޔޯގަޓް، ފިނިފެންމާ ފެން އަދި ފޭޝަލް ކްލޭ އެއްކޮށްލެވޭނެއެވެ. މި މިކްސްޗަރު 15-20 މިނެޓު ވަންދެން އަޅައިގެންވެސް މުނުމަތި އަލިކޮށް އުޖާލާކުރާނެއެވެ.

އަނބުގެ ތޮށިގަނޑުވެސް އެއީ ބޭނުން ކުރެވޭނެ އެއްޖެކެވެ. ރޯސް ވޯޓާ އިން ސްޕްރޭ ކޮށްލުމަށްފަހު ލޮލުގެ ތިރީގައި އެޅުމުން ލޯކައިރި ފުއްޕާފައި ހުންނަ މިންވަރު ކުޑަކޮށް ހަންގަނޑު ހައިޑްރޭޓް ކޮށްލާނެއެވެ.

ފައިން ލައިންތައް ނައްތާލާ، ހަންގަނޑަށް އޮމާންކަން ގެނައުމަށްޓަކައި ސްމޫތު ޕޭސްޓެއް ހެދުމަށް ޓަކައި އެއް ބިހުގެ ހުދުބައި އާއެކު ރޯ އަނބެއް އެއްކޯލާށެވެ. ހަންގަނޑުގައި އެއްވަރަށް ހޭކުމަށްފަހު ހިކެންދެން ބައްޓާފައި، ފިނި ފެނުން ދޮވެމުން ފައިން ލައިންތައް މަދުކުރުމަށް އެހީތެރިވެދޭނެއެވެ.

ހިކި ހަންގަނޑާ ހަނގުރާމަކޮށް، މެޝްޑް ރޯ މެންގޯ، އެވޮކާޑޯ އަދި މާމުތް ބޭނުންކޮށްގެން ޕޭސްޓެއް ތައްޔާރުކޮށްލާށެވެ. ހިކި ހަންގަނޑު ހައިޑްރޭޓްކޮށް މަޑުކަމެއްހޯދުމަށް 15-20 މިނެޓު ވަންދެން ބަހައްޓާށެވެ.

ހޫނު ދުވަސްތަކުގައި ހަފުތާއަކު ދެ ފަހަރު މޫނާއި ހަންގަނޑަށް ހާއްސަ ޕެކްތައް ބޭނުންކުރުމުން ހަމުގެ މަރުވެފައިވާ ސެލްތައް ނައްތާލާ، ހަމުގެ ޓޯން ރަނގަޅުކޮށް، ޕިމްޕަލްތައް ނެގުމުގެ ފުރުސަތު ކުޑަކޮއްދެއެވެ. ގުދުރަތީ، ޒުވާން އުޖާލާކަމަށް ޓަކައި ތިބާގެ ބިއުޓީ ރޫޓިންގައި އަނބު ބޭނުންކޮށް ތަފާތެއް ގެނައުމަށް މަސައްކަތް ފަށަމާ ހިނގާށެވެ.