ދޮންކެޔޮލަކީ ދުނިޔޭގައި އެންމެ މަގުބޫލު އެއް ތާޒާ މޭވާއެވެ. ބައެއް ގައުމުތަކުން އަހަރެއްގެ މައްޗަށް ކޮންމެ މީހަކު ހަ ކިލޯ ދޮންކެޔޮ ކާކަމަށް ޔޫ.އެސް.ޑީ.އޭ އިން ބުނެއެވެ.

ދޮންކޭލުގެ ހަރަދާއި ބޭނުން ކުރެވޭ ތަފާތު ގޮތްތަކާއި މީރު ރަހައިގެ ސަބަބުން ދޮންކެޔޮ ވެފައިވަނީ ގޭތެރޭގެ އެންމެ މުހިންމު އެއް ކާއެއްޗަށެވެ. ނަމަވެސް އޭގެ ތާޒާކަން ގިނަ ދުވަހު ދަމަހައްޓަން ބައެއް ފަހަރު ދަތިއެވެ.

ދޮންކެޔޮ ތާޒާކޮށް ގިނަދުވަހު ބެހެއްޓުމަށްޓަކައި ޕްލާސްޓިކް ރެޕް އޭގެ ތަނޑުގައި އޮޅާލުން އެއީ ކުރެވިދާނެ ކަމެކެވެ. މި ފަސޭހަ ޓްރިކްގެ ސަބަބުން އެތިލީން ގޭސް ބޭރުވުން ލަސްކުރެއެވެ. އެތިލީން ގޭސްއަކީ މޭވާ އަވަހަށް ދޮން ނުވަތަ ރައިޕް ކުރާ ގޭހެކެވެ. މީގެ އިތުރުން ކޮށާފައި ހުންނަ ދޮންކެޔޮ، ލުނބޯ ނުވަތަ އޮރެންޖު ޖޫހުށް ޑިޕް ކުރުމުން މާއަވަހަށް ދޮންވެ ފީވުން ލަސްކޮއްދެއެވެ. ސައިޓްރިކް އެސިޑަކީ އޮކްސިޑޭޝަން ލަސްކޮށް، މޭވާގެ ސިފަ ދެމެހެއްޓުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ދޮންކޭލަކީ ހަމައެކަނި ތާޒާކޮށް ކެއުމަށް ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއީ ބޭކިންގައިވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ބްރައުނީސް، ކުކީޒް، މަފިން އަދި ކަޕްކޭކްގެ ރެސިޕީތަކުގައި އެއް ބިހުގެ ބަދަލުގައި އެއް ދޮންކެޔޮ ބޭނުންކޮށްގެން މޮއިސްޗާ އާއި ބައިންޑިން ޕްރޮޕަޓީސް އިތުރުކޮއްދެއެވެ.

އަވަހަށް ދޮންކެޔޮ ދޮންކޮށް ފައްކާކުރަން ބޭނުން ވެއްޖެނަމަ 150 ޑިގްރީ ސެލްސިއަސްއަށް އަވަން ޕްރީހީޓްކޮށް، ތޮށި ނުފިލުވަ ހުރި ދޮންކެޔޮ ބޭކިން ރެކުގައި ބަހައްޓައި، 5 މިނެޓު ފަހުން ބަލާލާށެވެ. ބޭނުންވެއްޖެނަމަ ތޮށިގަނޑު އަނދިރިވަންދެން ތަކުރާރުކުރާށެވެ. އަވަންގެ ހޫނުން ހަކުރުތައް ކެރަމެލައިޒްކޮށް، ފޮނިކަމާއި ރަހަ އިތުރުކޮށްދެއެވެ.

މާބޮޑަށް ދޮންވެފައިވާ ނުވަތަ އޯވަރައިޕް ދޮންކެޔޮ އުކާނުލާށެވެ. އޭގެ ބަދަލުގައި ސްމޫތީ ނުވަތަ ގޭގައި ދޮންކެޔޮ އައިސްކްރީމް ހަދަން ތޮށިފިލުވާފަ، ކޮށާފަ ގަނޑުކުރާށެވެ. މީގެ އިތުރުން ބަނާނާ ބްރެޑް ހެދުމަށް ގަނޑުފިލުވާފަ ހުރި އޯވާރައިޕް ދޮންކެޔޮ ބޭނުންކުރެވޭނެއެވެ.