ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން މިކަން ހާމަ ކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ފީއެންސީގެ ޕޯސްޓަގައި ބުނެފައިވަނީ މިރޭގެ މި ރަސްމިއްޔާތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރ އަދި ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި އެ ޕާޓީގެ ޖަގަހަ ހުޅުވައި ދެއްވާނީވެސް އެމަނިކުފާނު ކަމަށެވެ.

މީގެއިތުރުން މި ރަސްމިއްޔާތު އޮންނާނީ ހ. ވެޔޮވިލާ ( އާޓިފިޝަލް ބީޗް ކުރިމަތި) ގައި ކަމަށާއި ރަސްމިއްޔާތު ފެށޭނެ ގަޑިއަކީ މިރޭ 20:30 ގައި ކަމަށްވެސް ޕީއެންސީގެ ޕޯސްޓްގައި ބުނެފައިވެއެވެ.

އަދި ޕީއެންސީ މެމްބަރުންނަށާއި، އެންމެހާ ދިވެހިރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީން ވަނީ ދައުވަތު އަރުވާފައެވެ.