އިންދިރާ ގާންދީގެ ބައޮޕިކް "އިމަޖެންސީ" މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ސިނަމާތަކަށް އަންނާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި އިންޑިއާގެ މަޖިލީހުގެ މެމްބަރު ކަންގަނާ ރަނާތު ހާމަކޮށްފިއެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކުޅޭ ކަންގަނާ އިންސްޓަގްރާމްގައި އާ ޕޯސްޓަރެއް ދައްކާލާފައިވާއިރު، އެ ޕޯސްޓަރުގައި އޭނާ ފެނިގެންދަނީ އިންދިރާ ގާންދީގެ ރޯލުންނެވެ.

ފިލްމުގެ މައިގަނޑު ވާހަކައަކީ "އިންޑިއާގެ ޑާކެސްޓް ޗެޕްޓާ" ގެ ގޮތުގައި ސިފަކުރާ ދުވަހުގެ ވާހަކަކަމަށް އިއުލާނުގައި އަލިއަޅުވާލާފައިވެއެވެ. ކުރިން ޖުލައި 24، 2023 ގައި ރިލީޒްކުރަން ތާވަލުކުރި މި ފިލްމު ރިލީޒް ކުރުން ފަސްކުރީ ލޯކް ސަބާ އިންތިހާބާ ގުޅިގެންނެވެ. މަނިކަރްނިކާ ފިލްމްސް ޕްރޮޑަކްޝަނެއް ކަމަށްވާ "އިމަޖެންސީ" ގައި ކަންގަނާ ދައުރަކީ ހަމައެކަނި އެކްޓަރެއް ހައިސިއްޔަތެއް ނޫނެވެ. މި ޕްރޮޖެކްޓް ލިޔެ، ޑައިރެކްޓްކޮށް، ޕްރޮޑިއުސް ކުރަނީވެސް އޭނާއެވެ.

އިންޑިއާގެ ސިޔާސީ ތާރީހުގައި މުހިންމު ދުވަސްވަރެއް ދައްކުވައިދޭ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ޝްރެޔަސް ތަލްޕަޑޭ، ވިޝާކް ނާޔަރު އަދި ސަތީޝް ކޯޝިކް ހިމެނެއެވެ. ޒީ ސްޓޫޑިއޯގެ އެހީތެރިކަމާއެކު އަދި ރޭނޫ ޕިއްޓީ ކޯ-ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިލޮގްތައް ތައްޔާރުކުރަނީ ރިތޭޝް ޝާހް ކަމަށާއި މިއުޒިކް ހަދާފައިވަނީ ސަންޗިތު ބަލްހާރާއެވެ.

ކަންގަނާ ވަނީ މި ތާރީޚީ ވާހަކައިގެ މުހިންމުކަން ފާހަގަކޮށް، އޭނާގެ ހުނަރުވެރި ކާސްޓަށް ޝުކުރު އަދާކޮށް، އިންޑިއާގެ ތާރީހުގެ މި އެޕިސޯޑް ދުނިޔޭގެ ބެލުންތެރިންނާ ހިއްސާކުރުމުގެ އުފާވެރިކަން ފާޅުކޮށްފައެވެ.