ދިވެހިރާއްޖޭގެ މަޝްހޫރު ވިޔަފާރަވެރިޔާ ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް)، މިއަދު އަވަހާރަ ވެއްޖެއެވެ.

އަތަމާ އަބްދުއްލަތީފް އަވަހާރަ ވެފައިވަނީ މިއަދު މެންދުރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އުމުރުން 94 އަހަރުގެ އަތަމާ އަބްދުއްލަތީފަކީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިސްކިތް އަަޅާދެއްވި ބޭފުޅުކެވެ. ހަމައެހެންމެ، އެ ބޭފުޅާއަކީ 1900ގެ ފަހު ކޮޅު އެންމެ ގިނަ ދިވެހިން ހައްޖަށް ގެންދިޔަ އަތަމާ ގުރޫޕުގެ ވެރިފަރާތްވެސް މެއެވެ.

އަތަމާ އަބްދުއްލަތީފް އަވަހާރަ ވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ އެބޭފުޅާގެ ސުވަރުގޭގެ މަތިވެރި ނިއުމަތްތަށް ދެއްވުމަށް އެދި ދުއާ ދަންނަވާފައެވެ.