ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހިންގުމުގެ ލައިސަންސް ހޯދުމަށް ޢިޤްތިޞާދާ ވިޔަފާރިޔާ ބެހޭ ވުޒާރާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްމެމްއޭ) އަށް ހުށަހަޅައިފިއެވެ.
ޑިވެލޮޕްމަންޓް ބޭންކުތަކަކީ އާ ވިޔަފާރިތައް ޤާއިމްކުރުމަށް ލޯނު ފެސިޓީއާއި ސިނާއީ ހަރަކާތްތަކާއި އެހެނިހެން އިޤްތިޞާދީ ހަރަކާތްތައް ޤައުމުތަކުގައި ތައާރަފްކުރުމަށް އަމާޒުހިފާފައިވާ މާލީ އިދާރާތަކެކެވެ. ރާއްޖޭގައި މިފަދަ މުއައްސަސާއެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިންތިޚާބީ ވައުދުތަކުގެ ތެރެއިން ވަޢުދުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވަނީ ކުންފުނިތަކުގެ ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިދީފައިވާ ބާރުގެދަށުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް އުފައްދަވާފަ އެވެ.
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ޑިވެލޮޕްމަންޓް ބޭންކް ހިންގުމަށް ހަމަޖެހިފައި ވަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށެވެ.