ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން މިކަން ހާމަ ކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

ޕީއެންސީގެ މި ޕޯސްޓްގައި ބުނީ މި ރަސްމިއްޔާތު އޮންނާނީ ހ. ވެޔޮވިލާ ( އާޓިފިޝަލް ބީޗް ކުރިމަތި) ގައި ކަމަށާއި ރަސްމިއްޔާތު ފެށޭނެ ގަޑިއަކީ މިރޭ 20:30 ގައި ކަމަށެވެ.

މި ޖަލްސާގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމްގެ އިތުރުން އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވާހަކަ ދައްކަވާނެ ކަމަށް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.

އަދި މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުންނަށް އެޕާޓީން ވަނީ ދައުވަތު އަރުވާފައެވެ.