މި އަހަރުގެ ކުރިޔަށް އޮތް ދެމަހެއްހާދުވަސް ތެރޭގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބާޒާރާއެކު މިނިވަން ވިޔަފާރި ފެށޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ފައިނޭންސް އާއި އެކައުންޓީންގ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ލުރިއަރުވައި ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ އެއް ދާއިރާއެއް ކަމަށެވެ. މީގެއިތުރުން މިހާރު ދަނީ އައު މާރކެޓްތައް ހޯދުމުގައި ބޮޑެތި ވިސްނުންތަކަށް މަގުކޮށައި ޖާގަދެމުންކަން ވެސް ވަޒީރު ފާހަގަ ކުރައްވައިފައިވެއެވެ. މި މަޝްރޫޢުގެ ސަބަބުން ޚާއްޞަކޮށް ފައިނޭންސް އާއި އެކައުންޓެންސީ ދާއިރާއިން ދުނިޔޭގެ ބޮޑު ބާޒާރަށް ވަނުމުގެ ފުރުސަތުތައް ދިވެހިންނަށް ފަހިވެގެންދާނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މާލީ ވުޒާރާގެ ވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ވިސްނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ވެސް ފާހަގަ ވިދާޅުވިއެވެ.