ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީއެންސީން މިކަން ހާމަ ކޮށްފައިވަނީ އެ ޕާޓީން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.

އެ ޕާޓީން ބުނިގޮތުގައި މި ޖަލްސާގައި ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ޕީއެންސީގެ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ.

އަދި އެމަނިކުފާ އިތުރުން އެ ޕާޓީގެ ޗެއަރޕާސަން އަބްދުއްރަޙީމް އަބްދުﷲ އާއި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުވެސް މި ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެންސީން ބުނެފައިވެއެވެ.

އަދި މި ރަސްމިއްޔާތުގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުންނަށް އެޕާޓީން ވަނީ ދައުވަތު އަރުވާފައެވެ.