މޮރިޝަސްގައި ކުރިއަށްދިޔަ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން ތިން ވަނަ ދިވެހިރާއްޖެ ތަމްސީލް ކުރި ބައިވެރިޔާ ލިބިއްޖެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކޮށްފައިވަނީ ޢަބްދުﷲ އަލްޔަސަޢު ބިން ޒަމްޒަމްއެވެ. މި މުބާރާތުގައި އަލްޔަސަޢު ހޯދެއްވި ފަޚުރުވެރި ކާމިޔާބީއަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ މަރުހަބާ ދަންނަވާފައެވެ.

ބޭރު ޤައުމުތަކުގައި ކުރިއަށްދާ ޤުރުއާން މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އަންނަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދެމުންނެވެ.