ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން (44 ވަނަ ސެޝަން) ގައި ރާއްޖެއިން ބައިވެރިވާ 2 ދަރިވަރުން މުބާރާތުގައި ކިޔެވުމަށް ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ.
މި މުބާރާތް ކުރިއަށް ދާނީ 2024 އޮގަސްޓް 9 އިން 21 އަށް މައްކާގައެވެ.
މީގެއިތުރުން، މޮރިޝަސްގައި ބޭއްވި ގުރުއާން މުބާރާތުން ރާއްޖޭގެ ދަރިވަރު އަބްދުﷲ އަލްޔަސައު ބިން ޒަމްޒަމް ވަނީ 3 ވަނަ ހާސިލް ކޮށްފައެވެ. ބޭރު ޤައުމުތަކުގައި ކުރިއަށްދާ ޤުރުއާން މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އަންނަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދެމުންނެވެ.