ހުލްގު ހެޔޮ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ފުވައްމުލަކު ސްކޫލުގައި ބޭއްވި ސަތޭކަވަނަ ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރެފިކް މޮނިޓަރސް ޕްރޮގްރާމުގެ ސަބަބުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް ދަރިވަރުން އަހުލުވެރިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ފޭރާންހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނީ އެފަދަ ކަންކަމަށް ދަރިން ހާނުވައިގެންކަމުގައެވެ. މަގުތަކުގައި ހިނގާ ޤާނޫނާ ގަވާއިދާ ހިލާފުކަންކަން ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށާއި އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް "މާލެ ފަހި" ޕްރޮގްރާމު މިހާރު ފެށިފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މަގުމައްޗަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ހުރިހާ ރައްޔިތުންވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމު ފުރިހަމަކުރި މުހައްމަދު ޖަމާލުއްދީނު ސްކޫލާއި ހާފިޒު އަހުމަދު ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި ފުވައްމުލަކު ސްކޫލުގެ ދަރިވަރުންނަށް ސެޓްފިކެޓާ ޓެގް ހަވާލުކޮށްދެއްވީ ނައިބު ރައީސް އެވެ.
މިއީ 2014 ވަނަ އަހަރު ފެށި ޓްރެފިކް މޮނިޓަރސް ތަމްރީނު ޕްރޮގްރާމްގެ ދަށުން ބޭއްވި 100 ވަނަ ޕްރޮގްރާމެވެ.
މުސްކުޅިން ބުނަނީ ކުދިސޯބުއެނބުރޭނީ މައިސޯބުއެނބުރޭގޮތަކަށެވެ ވީމާ މަނިކުފާނުތިޔަވިދާޅުވާއެއްޗެއްދިމަލެއްނުވެއެވެ ސިޔާސީވެއްޖިއްޔާ ދޮގެއްނޫނީނުހަދައެވެ ވައްކަމެއްނޫނީނުކުރެއެވެ ރިޝްވަތެއްނޫނީ ނުނަގައެވެ ފޭރުމާޓެކުންއާއްމުވެއްޖެއެވެ ބަލިމީހާއަށްމާލެއެރޭކަށްނެތެވެ
ޤަވާޢިދުތަކަށް ފުރަތަމަހޭލުންތެރިވާޖެހޭނީ އަމުރުކުރާ މީހުންނެވެ އެއީވެރިންނެވެ ދޮގާމަކަރާ ކަރެކްޝަނާދޫކޮށް ތެދުމަގުޚިޔާރުކުރަން ޖެހޭނީ ވެރިންނާ އި ސިޔާސީލީޑަރުންނެވެ