2024 ވަނަ އަހަރުގެ އެމްޓީސީސީ ކަށަވަރުގެ ސްޓޮކް ގުނުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ އެމްޓީސީސީގެ ވިޔަފާރި ބަންދު ވާނެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މޮގޮތުން، 15 އޮގަސްޓު ވާ ބުރާސްފަތި ދުވަހާއި، 16 އޮގަސްޓު ވާ ހުކުރު ދުވަހާއި، 17 އޮގަސްޓު ވާ ހޮނިހިރު ދުވަހު އެމްޓީސީސީ ކަށަވަރުގެ ވިޔަފާރި ބަންދުވާނެކަމަށް އެމްޓީސީސީއިން އިއުލާނުކޮށްފައިވެއެވެ.

މި ތިން ދުވަހު ސްޓޮކް ގުނުމުގެ މަސައްކަތްތަށްފަހު 18 އޮގަސްޓު ވާ އާދީއްތަ ދުވަހުން ފެށިގެން ކުރިއެކޭ އެއްގޮތަށް އެމްޓީސީސީ ކަށަވަރު ވިޔަފާރި ކުރިއްށްދާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.