ދިވެހީންގެ ފަޚްރުވެރި ރާއްޖެއެއް ބިނާކުރެވޭނީ ޤައުމީ ކޮންމެ މަސައްކަތެއްގައި ޒުވާނުންގެ ބައިވެރިވުމާއި ހިއްސާވުން އިތުރުކޮށްގެން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޒުވާނުންގެ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓް.

ރައީސް ޑޮކްޓަރ މުއިއްޒު ވެރިކަމަށް ވަޑައިގަތީ ޒުވާނުންނަށް ގިނަ ފުރުސުތަކެއް މެނިފެސްޓޯގައި ހިމަނުއްވައިގެންނެވެ. މިގޮތުން ޒުވާނުން އިސްކަންދޭ ވަކިވަކި ކަންކަމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންފުޅުވާ ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުގައި ޒުވާނުންގެ އުންމީދުތައް ހިމެނުމަށްޓަކައި "ޕްރެސިޑެންޝަލް ޔޫތު އެޑްވައިޒަރސް" ތަޢާރަފުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންކަން ފާހަގަ ކޮށްލެވެއެވެ.