ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުން އާދަމް ރަމީޒު ވަކި ކުރައްވައިފިއެވެ.

އެ މަގާމުން ރަމީޒް މަގާމުން އެކަހެރިކުރީ ސަރުކާރުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިދިޔަ ޖޫން މަހުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރަމީޒްގެ އިތުރުން އޭނާގެ ކުރީގެ އަނބިކަނބަލުން، ފާތިމަތު ޝަމްނާޒް އަލީ ސަލީމް މަގާމުން އެކަހެރިކުރީ ރައީސްގެ ދެކަނބަލުންނަށް ސިހުރު ހަދަން އުޅުނުކަމުގެ މައްސަލައާ ގުޅިގެންނެވެ.

އަދި ރައީސް އޮފީހުގެ ވެބްސައިޓްގައިވާ ގޮތުން، ރަމީޒްގެ ނަމާއި ފޮޓޯ ވެސް ވަނީ ނަގައިފައެވެ.

މީގެއިތުރުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ން އޭނާ މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ.