އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ފެމިލީ ކޯޓު ގުޅިގެން ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުވުމަށް ސިލްސިލާ ފޯރަމްތަކެއް ބޭއްވުމަށް ނިންމައި، މީގެ ފުރަތަމަ ފޯރަމް މިރޭ ބާއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މި ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "މަވައްދަތު" ނަމުގައެވެ. މި ސިލްސިލާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

ކައިވެންޏާއި އާއިލީ ގުޅުންތަކަށް ހޭލުންތެރިކުރުމުވުމަށް މިރޭ ބާއްވަން ހަމަޖެހިފައިވާ ފޯރަމްގެ މައުޟޫއަކީ "ކައިވެނީގެ ކުރިން" އެވެ. ފޯރަމްގައި މަޢުލޫމާތު ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.