މިއަދު ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 14:00 އަށް ހއ.އަތޮޅުން ފެށިގެން ތ.އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން ހާމަކުރައްވާ ގޮތުގައި މިވަގުތު ތަކުގައި ގުގުރާ، ބޯކޮށް ވާރޭވެހި ގަޑިޔަކު 30-25 ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 50 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ހާމަކުރައްވައެވެ.
ހައްދުން މަތިން (ލ.އަތޮޅު) ފެށިގެން އައްޑު އަތޮޅަށް މެޓުން ވަނީ ހުދު ސަމާލު ނެރެފައެވެ. މިއަދުގެ ހެނދުނުން ފެށިގެން މެދުރުފަހު 14:00 ހާއިރު ވަންދެން މިސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓުން ލަފާ ކުރައްވައެވެ.