ތ.ވަންދޫ ފެނަކަ ބްރާންޗްގެ މުވައްޒަފުންނަށް "ފަޔަރ އެންޑް ސޭފްޓީ ޓްރެއިނިންގ" އެއް ބާއްވައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ބާއްވާފައިވަނީ މި މަހު 18 ވަނަ ދުވަހުއެވެ.

މިއީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީން ޕްރޮގްރާމުގެ ތެރެއިން ހިންގި ހަރަކާތެވެ.

ފެނަކަ އިންސްޓިޓިއުޓުން ގެންދަވަނީ އެ ފެނަކައިގެ ޚިދުމަތް ދެމުން ގެންދާ ރަށްރަށުގައި މަސައްކަތް ކުރާ އެކުންފުނީގެ މުވައްޒަފުންނަށް މިފަދަ ތަމްރީން ދެއްވަމުންނެވެ.

މި ސިލްސިލާގެ ތެރެއިން ތ.ހިރިލަންދޫ، ތ.އޮމަދޫ، ތ.ކިނބިދޫ، ތ.ވޭމަންޑޫ، ތ.ތިމަރަފުށި، ތ.ގާދިއްފުށި، ތ. ގުރައިދޫ، ތ. ދިޔަމިގިލި، ތ. މަޑިފުށި، ތ. ވިލިފުށި ތ. ބުރުނީގެ ބުރާންޗުގެ މުވައްޒަފުންނަށް ވެސް މި ތަމްރީން ޕްރޮގްރާމް ހިންގައިފައެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން އަތޮޅު ތަކުގެ ރަށްރަށުގައި ހުރި ފެނަކަ ކުންފުނީގެ މުވައްޒަފުންނަ ވެސް ވަނީ މި ތަމްރީން ދީފައެވެ.