ޓީބީ އަކީ މައިކޯބެކްޓީރިއަމް ޓިއުބަރ ކިއުލައި ކިޔާ ބެކްޓީރިޔާއެއްގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ.ޓީ.ބީ ގެ ދެ ވައްތަރެއް ހުރެއެވެ. އެއީ

ފުއްޕާމެއަށް ޖެހޭ ޓީބީ

ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޖެހޭ ޓީބީ

ޓީބީ ބަލީގެ ގައިންގަޔަށް ފެތުރެނީ ފުއްޕާމެއަށް ޓީބީ ބަލިޖެހި ކުޅުން ޖަރާސީމު ފެންނަ ބަލި މީހުންގެ ފަރާތުން އެކަންޏެވެ. ޓީބީ ފެތުރެނީ ފުއްޕާމޭގެ ޓީބީ ޖެހިފައިވާ މީހުންގެތެރެއިން ޓީބީގެ ޖަރާސީމު ކުޅުން ފެންނަ މީހަކު ކެއްސާ، ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫވެގެންދާ ޓީބީ ބަލި ފަތުރާ ޖަރާސީމު، ނޭވަލާ ނިޒާމުގެ ޒަރިއްއާއިން އެހެން މީހެއްގެ ހަށިގަނޑަށް ވާސިލް ވުމުގެ ސަބަބުންނެވެ. އެއްވެސް އަލާމާތެއް ނެތި ގިނަ ދުވަސް ވަންދެން ހަށިގަނޑުގައި ޓީބީ ގެ ޖަރާސީމް ހުރެދާނެއެވެ. (ލޭޓަންޓް ޓީބީ)، މިފަދަ މީހެއްގެ ފަރާތުން ބަލި ނުފެތުރޭނެއެވެ.

ޓީބީ ގެ އަލާމާތްތަކަކީ:

ހުންއައުން

ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން

ހީކެރުވުން އަދި ރޭގަނޑު އަސަޔާ ހިލާފަށް ދާހިއްލުން

ވަރުދެރަވުން

ހަފްތާއަށް ވުރެ ގިނަ ދުވަސްވަންދެން ކެއްސުން

މޭގަ ރިއްސުން އަދި ކެއްސާފައި ފުއްޕާމޭގެ އެތެރެއިން އަންނަ ދަވާގައި ލޭ ހުރުން

ޓީބީގެ ކުޅުގެ ޒަރިއްޔާއިން ޖެހޭ ބަލީގެ ކޮންޓެކްޓެއް ކަމަށް ބެލެވޭނީ ފަރުވާ ފެށުނުއިރު 3 މަސްދުވަސް ތެރޭގައި ކޮންމެ ދުވަހަކުވެސް ގިނަ ވަގުތަށް ބަލިމީހާއާ ބައްދަލުވެފައިވާ މީހުންނެވެ.

މީގެތެރޭގައި

ޢާއިލާ މީހުން ނުވަތަ އެއްގެއްގައި ދިރިއުޅޭ މީހުން

އެއް ކުލާހެއްގައި ކިޔަވާ ދަރިވަރުން އެކީގައި މަސައްކަތްކުރާ މީހުން

ކޮންމެ ދުވަހަކުވެސް ބައްދަލުވާ ރަށްޓެހިން

ޓީބީ ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ ހަށިގަނޑުގެ ދިފާއީ ނިޒާމް އެންމެ ބަލިކަށިވެފައިވާ މީހުންނަށެވެ. މީގެ ތެރޭގައި

5 އަހަރުން ދަށުގެ ބީ.ސީ.ޖީ ވެކްސިން ނުދީ ތިބޭ ކުދިން

ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުން

ހަކުރުބަލީގެ މީހުން އުމުރުން ދުވަސްވީ މީހުން

ޓީބީ އަށް ދެވޭ ފަރުވާ

ޓީބީ އަށް ދެވޭ ފަރުވާ އަކީ ސީދާ ބެލުމުގެ ދަށުން ދެވޭ ފަރުވާއެއް.

ޓީބީ ބޭސް ކާންވާނީ ސިއްހީ އެހީތެރިއެއް ނުވަތަ އެހެން ސިއްހީ މާހިރެއްގެ ބެލުމުގެ ދަށުން

ބޭސް ކާން ޖެހޭ އެންމެ ކުރު މުއްދަތަކީ 6 މަސް

ޓީބީ ބަލިޖެހިފައިވާ މީހުން ޓީބީގެ އަލާމާތްތައް ހުއްޓުނު ކަމުގައިވިއަސް، ހުރިހާ ޖަރާސީމެއް މަރުވަންދެން ބޭސްކާންވާނެ އެވެ

ޓީބީގެ ޖަރާސީމަކީ ބޭހައްނުގުޑާ ގޮތް ދިމާވާ އެއްޗަކަށްވުމުން، ޓީބީއަށް ދެވޭ ފަރުވާގައި ގިނަބޭސް އެއްފަހަރާ ދޭންޖެހެއެވެ.

މަޢުލޫމާތު: https://sarukaaru.gov.mv/articles/4243