މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި، ބޯޓުފަހަރުން ޑީސަލް ވިއްކާނީ ލީޓަރަކަށް 6.89 ރުފިޔާއަށްކަމަށެވެ.

މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ކުޑަކުރިނަމަވެސް، އާއްމު ފަރާތްތަކަށް ޑީސަލް ލިޓަރެއް ވިއްކަނީ 13 ރުފިޔާއަށްކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން އެންމެފަހުން މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ހެޔޮކޮށްފައިވަނީ ނިމުނު ސެޕްޓެމްބަރުމަހުއެވެ. އެގޮތުން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާފައިވަނީ 7.33ރ އަށެވެ. އަގަށް ގެނައި ބަދަލާއިއެކު ލީޓަރަކުން މިހާރު މިވަނީ 44ލާރި ހެޔޮކޮށްފައެވެ.

މިފްކޯއަކީ ރާއްޖޭގައި މަސްވެރިން ބާނާ މަސް ގަނެ މަހުގެ އުފެއްދުންތައް އުފައްދާ އެންމެ ބޮޑު ކުންފުންޏެކެވެ.