ހަނގުރާމައިގެ މުޖުރުމު ނަތަންޔާހޫ ހައްޔަރު ކުރުމަށް އިނގިރޭސިވިލާތުގެ ގިނަ މީހުން ތާއީދު ކުރާކަމަށް ދައްކައިފިއެވެ. އެންމެ ފަހުގެ ޚިޔާލު ހޯދުމުން ހާމަވި ގޮތުގައި ނަތަންޔާހޫ އިނގރޭސިވިލާތުގައ ފައި ބީއްސައިފިނަމަ އޭނާ ހައްޔަރު ކުރަން ޖެހެއެވެ.
ފައިންޑައުޓް ނައު އިން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ %42 މީހުން ބޭނުންވަނީ ނަތަންޔާހޫ ހައްޔަރުކުރާތަން ދެކޭށެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން އެންމެ %14 މީހުން ބުނީ ނަތަންޔާހޫ ހައްޔަރުކުރާތަން ދެކެން ބޭނުން ނުވާ ކަމަށެވެ.