އެމެރިކާއިން ޓިކްޓޮކް މާނާ ކުރުމަށް މަސައްކަތް ކުރާއިރު ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީކަމަށް ބުނާ ޤައުމުގެ ރައްޔިތުން ސެންސަރު ކުރުމާ ބެހޭ ގޮތުން މިއަދު ބަހުސް ކުރަމުންދަނީ ޗައިނާގެ އެޕެއްގައެވެ.

ޗައިނާއާ ދެކޮޅަށް ކުރާ ވިޔަފާރީގެ ހަނގުރާމައިގައި ޓިކްޓޮކް މަނާ ކުރުމަށް އެމެރިކާގެ އޮލިގާކުން ބާރުއަޅަމުންދާ އިރު ރައްޔިތުން ވަނީ ޓިކްޓޮކް ފަދަ އެހެން އެޕެއް ހޯދާފައެވެ.

މިއަދު އެމެރިކާގެ ޕްލޭސްޓޯރާއި އެޕަލް ސްޓޯރުން އެންމެ ގިނައިން ޑައުންލޯޑް ކުރި ހިލޭ އެޕަކީ ޝިއާއޮހޮންގްޝޫ އެވެ. އެއީ ޗައިނާގައި އެ އެޕަށް ކިޔާ ނަމެވެ. ނަމަވެސް އިނގިރޭސިން އެޕް ލޭބަލް ކޮށްފައިވަނީ "ރެޑް ނޯޓް"ގެ ގޮތުގައެވެ. ކުރުކޮށް ކިޔަނީ "ރެޑް" އެވެ.

ރެޑްގައި ގިނައީ ޗައިނާގައި ތިބެގެން އެޕް ބޭނުން ކުރާ މީހުންނެވެ. ގާތްގަނޑަކަށް 300 މިލިއަނަށް ވުރެ ގިނަ މީހުން މި އެޕް ބޭނުންކުރެއެވެ.

ޓިކްޓޮކެކޭ އެއްގޮތަށް، މި އެޕްގައިވެސް ކުރު ވީޑިއޯތަކުގެ އިތުރުން ސްޓިލް އިމޭޖުތަކާއި، ޓެކްސްޓް ޕޯސްޓްތައް ހިއްސާ ކުރެވެ އެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ 170 މިލިއަން މީހުންގެ މެދުގައި ދޮގު މައުލޫމާތު ފެތުރުމަށް ޗައިނާއިން ޓިކްޓޮކް ބޭނުންކޮށްފާނެ ކަމަށް ބުނެ މަސްއޫލުވެރިން އޮޅުވާލާއިރު މީހުން ރެޑް އެޕް ބޭނުން ކުރަން ފެށުމުން، އެމެރިކާ ރައްޔިތުން މިހާރު ޗައިނާ މީހުންނާ މާބޮޑަށް ގާތް ކޮށްދީފައި ވެއެވެ.

150 ގައުމުގައި ޓިކްޓޮކް ބޭނުން ކުރަން ލިބުނު ކަމުގައިވިއަސް، ޓިކްޓޮކަކީ ޗައިނާގައި ފެންނަ އެޕެއް ނޫނެވެ. ނަމަވެސް ރެޑަކީ ޗައިނާގައި މީހުން ބޭނުންކުރާ އެޕެކެވެ.

މިއަދު ހެނދުނު ރެޑް އެޕްގެ ވާހަކަ ތިލަވެގެން އައި އިރު އެންމެ ފުރަތަމަ އެޕް ފެނުނީ ޗައިނާ ބަހުން ލޭބަލްކޮށްފައި ހުއްޓައެވެ. ނަމަވެސް ހަވީރު ވީއިރު ފެނުނީ ޗައިނާ ބަހުން ހުރި ލޭބަލްތައް އިނގިރޭސިއަށް ބަދަލުކޮށްފައިވާ ތަނެވެ.

މިއަދު އެމެރިކާގައި އެއްވަނާގައި ޑައުންލޯޑް ކުރަމުންދަނީ ރެޑް އެވެ. އަދި އެމެރިކާ ސަރުކާރަށް ޖޯކު ޖަހަމުން، "ޓިކްޓޮކްރެފިއުޖީ" ހެޝްޓެގެއް ވެސް ހަދާފައި ވެއެވެ. އެ ހެޝްޓެގް އެމެރިކާ މީހުން ވަނީ މިއަދު 100 މިލިއަން ފަހަރު ބަލާފައެވެ.

މިއަދުގެ މިހާތަނަށް، ރެޑް އެޕްގައި، "ޓިކްޓޮކްރެފިއުޖީ" ހެޝްޓެގްގެ ދަށުން ގާތްގަނޑަކަށް 2.5 މިލިއަން ޑިސްކަޝަން ތްރެޑް ހިމަނާފައިވެ އެވެ.

ޑިސެމްބަރު މަސް ނިމެންދެން، ރެޑް އެޕްގެ ޓްރެފިކްގެ 85 ޕަސެންޓަކީ ޗައިނާއިން އުފެދިފައިވާ ޓްރެފިކްއެވެ. އަދި ރެޑް އާންމު ކޮށް މަގްބޫލުވެފައި ވަނީ ޗައިނާގެ 20އާއި 30 ގެ އުމުރު ފުރާގައެވެ.

މިއަދު މެންދުރު ފަހުން، "ޓިކްޓޮކް ރެފިއުޖީ ކްލަބް" ގެ ނަމުގައި ޔޫޒަރަކު ހޯސްޓްކުރި ލައިވް ގްރޫޕް ޗެޓެއްގައި 100،000 އަށް ވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެފައި ވެއެވެ.